އިންޑިއާ ބޭނުންނަމަ ދިވެހިން މަރާފައިވެސް އެ ޤައުމުގެ ބާރުގެ ދަށަށް ރާއްޖެ ގެންދާނެ ކަމަށް އިޤްތިޞާދީ ވަޒީރު ފައްޔާޟް އިސްމާޢީލް ވިދާޅުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ފައްޔާޒު ހޫނުފެނަށް ވެއްޓިއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޟް ވިދާޅުވީ އިންޑިއާއަކީ މާ ބާރުގަދަ ޤައުމެއްކަމަށެވެ. އެ ގޮތުން އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުންވެއްޖެނަމަ "ދިވެހިން މަރާފައިވެސް" އެ މީހުން އެކަންކުރާނެކަމަށެވެ. ނަމަވެސް މި ސަރުކާރަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާނެކަމަށާއި އިންޑިޔާގެ ވެސް އެފަދަ ނިޔަތެއް ނެތް ކަމަށް މިނިސްޓަރު ފައްޔާޟް ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި މިނިސްޓަރު ފައްޔާޟް ވިދާޅުވީ އިންޑިއާ އެކަހެރިކޮށްލީ ކުރީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެގޮތުން މި ހަނގުރާމައެއް ފެށުމަށް ޖާގަދިނީ ދިވެހިރާއްޖެއިން ކަމަށާއި، އިންޑިއާ ކަނޑުގެތެރޭގައި ކުރީ ސަރުކާރުތަކުން ގެންގުޅުއްވި "ބެލެންސް އެޕްރޯޗް" ގެންގުޅުނު ނަމަ އޭރު އެ ޖެހުނު މައްސަލަތަކެއް ނުޖެހޭނެ ކަމަށް ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ އިންޑިއާ ކަނޑުގެތެރެއަށް ޗައިނާއަށް ބާރުފޯރުވުމުގެ ފުރުސަތު ބޮޑުވީ ކުރީ ސަރުކާރުން ކަންކުރިގޮތުން ކަމަށާއި، ކުރީ ސަރުކާރުން އިންޑިއާ އެކަހެރިކޮށްލައި ޗައިނާއަށް މާ ބޮޑަށް ބަރޯސާވެފައިވާ ކަމަށެވެ. އަދި ޗައިނާއަކީވެސް ދުނިޔޭގައި އަރަމުން އަންނަ ވަރުގަދަ ބާރެއްކަމަށާއި ހުރިހައި ޤައުމަކުން ވެސް އެކި ދިމަދިމާއަށް ވާސިލުވުމަށް ނުވަތަ ބާރު ގަދަކުރުމަށް ބޭނުންވާނެކަމަށް ވެސް މިނިސްޓަރު ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟްގެ ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ސަރުކާރުގެ ވިސްނުމަށާއި ސިޔާސަތު ތަކަށާއި މިނިސްޓަރ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން މިވާހަކަތަކާއި ގުޅިގެން ޖަމްޢިއްޔަތުއް ސަލަފުގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ "ދިވެހީން މަރާފައި ވިޔަސް ރާއްޖެ އެ މީހުންގެ ބާރުގެދަށަށްގެންދާނެ،" މި އިބާރާތަކީ އިންޑިއާގެ ޣައިރު މުސްލިމަކު ވެސް ރާއްޖެއާމެދު "ބުނެ ވީއްލަން" ކެރޭނެ ބަހެއްކަމަށް ޤަބޫލުނުކުރެއްވޭ ކަމަށެވެ. އަދި މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ހަނދާންކޮށްދެވެން އޮތީ ބާރުތަކުގެ ވެރި ޙަޤީޤީ ބާރަކީ ގަދަ ކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާކަމަށް ވެސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.
ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ ﷲ ނޫން ފަރާތަކަށް ބޭނުންކަމެއް ބޭނުންވާ ގޮތަށް ކުރުމުގެ އިޚުތިޔާރެއް ވެސް، އަދި ކުޅަދާނަކަމެއް ވެސް އަމުދުން ނުވެސް އޮންނާނެކަމަށެވެ. އަދި ރާއްޖޭގެ ވުޖޫދު ދެމިއޮތުމާއި ފުހެލުމުގެ ކުޅަދުންވަންތަކަމުގެ މުސްތަޤިއްލު އިޚުތިޔާރު ލިބިފައިވާ ހަމައެކަނި ފަރާތަކީ ގަދަ ކީރިތިވަންތަ ﷲ ކަމަށް ވެސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި އައްޝައިޚް ޢަލީ ޒައިދު ވިދާޅުވީ، "ދިވެހިން މަރާފައި އިންޑިއާއަށް ރާއްޖެ ހިފިދާނެ" ކަމަށް މިނިސްޓަރަކު ވިދާޅުވުމަކީ ލަދުވެތި ދަށުދަރަޖައިގެ ބަހެއް ކަމަށާއި، ވެރިންގެ ތެރެއިން ބައެއް ބޭފުޅުންގެ ބަސްމަގު މިދަރަޖައަށް ވެއްޓިގެން ދިއުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފައްޔާޒަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ރާއްޖެއެއް ނުހިފޭނެ ކަމަށާއި ހުރިހާ ދިވެހިން މަރާފައި ނަމަވެސް އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވެސް ވަނީ މިކަމާ ގުޅިގެން ފައްޔާޟަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޙައިލަމް ވިދާޅުވީ، ދިވެހިންނަކީ ތަނެއްގައި ތިބި ހިނިތަކެއް ނޫން ކަމަށާއި، ބަޔަކު ހަމަ ހިތަށް އަރާއިރަށް މަރާނުލެވޭނެ ކަމަށެވެ. އިންޑިއާ ކިތަންމެ ބާރުގަދަ ނަމަވެސް ދިވެހިން ނުމެރޭނެ ކަމަށާއި ރާއްޖެވެސް ނުހިފޭނެ ކަމަށް ޙައިލަމް ވިދާޅުވިއެވެ.
ފައްޔާޟްގެ ވާހަކަތަކާ ގުޅިގެން މީސް މީޑިއާގައި ގިނަ ރައްޔިތުންގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާއިރު، މި ވަގުތަކީ ރާއްޖޭގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ޤައުމީ ޙަރަކާތެއް ހިންގަމުންދާ ދުވަސްވަރެކެވެ. އެކަމާ ގުޅިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު ހާމަކުރުމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި އަޑު އެހުމުގައި ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހު ވިދާޅުވީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށެވެ. ސިމާހު ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދާއި އެމީހުންނަށް ދިވެހިރާއްޖޭގެ ދައުލަތުން ކުރާ ހަރަދު ހާމަނުކުރީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރު ބޭނުންކުރެވޭނީ ގާނޫނު އަސާސީގެ 115ގެ (ރ)އާ އެއްގޮތަށް ކަމަށާއި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުޞޫލަކުން ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ޢަދަދާއި، ތިބި ޙަޤީޤީ ސަބަބު ހާމަކުރަންވާނެެ ކަމަށާއި، އދ. ގެ ޗާޓަރ، 102 އާ ޚިލާފަށް އެއްބަސްވުންތަކުގެ މަޢުލޫމާތު ސިއްރު ނުކުރެވޭނެ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު ހާމަކޮށްފައި ނުވާތީ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް ފައްޔާޟްގެ މި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން މި ސަރުކާރަށް އިތުރުވެ އޭނާ ވެސް ވަނީ ހޫނުފެނަށް ވެއްޓިފައެވެ. މީގެކުރިން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވައިގެން ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު