މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، ވަކިވަކި ކަންކަމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ، މިހާރުގެ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭނެ "އިންޒާރެއް" ކަމަށް ސިޔާސީ ބައެއް މުޙައްލިލުން ބުނަން ފަށައިފިއެވެ.
ސަރުކާރުން މިހާތަނަށް ނިންމާފައިވާ ބައެއް ނިންމުންތަކާއި، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކުގެ ސަބަބުން، މި އިންތިޚާބުގެ ނަތީޖާ ސަރުކާރުން އުންމީދުކުރާ ގޮތާ އިދިކޮޅަށް އެނބުރިދާނެ ކަމުގެ ބިރު ސަރުކާރަށްވެސް ލަފާކުރެވޭ އިރު ގިނަ ރައްޔިތުން މިކަން ޔަޤީން ކުރެއެވެ.
ޚާއްޞަކޮށް، ތަރައްޤީގެ ނަމުގައި ކުރިން ބޭއްވި އިންތިޚާބުތަކާ ދިމާކޮށް ޖެހި ކަޑަތަކާއި އެރުވި ހަވާތަކުން ކުރެވުނު އެއްވެސް ކަމެއް މިއަދު ރައްޔިތަކަށް ފެންނަން ނެތުމާއި، އެ ބޭފުޅުން އެ ވިދާޅުވާ މުޢިއްޒު ސްޕީޑުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސްޕީޑް ލަސްވުމާއި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިގެން ދިއުމަކީ މި ވޯޓުން ސަރުކާރަށް ނުބައި ނަތީޖާއެއް ލިބިދާނެ ސަބަބުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
މީގެ އިތުރުން، މި އިންތިޚާބަކީ ރައީސް މުޢިއްޒުގެ ޒަޢާމަތަށް އޮތް މަޤްބޫލުކަން ކުޑަވަމުންދާކަން ހާމަވެގެންދާނެ ވޯޓެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބޭނުންވާ ގޮތާ ޚިލާފު ނަތީޖާއެއް ނުކުމެއްޖެ ނަމަ، އެއީ މިހާރުގެ ސަރުކާރުގެ ދޯހޮޅި ސިޔާސަތުތަކާއި ރައްޔިތުންނަށް ޖައްސަމުންދާ ތަކުލީފުތައް އިންތިހާއަށް ބޮޑުކަން ހާމަވެ، މިހުރިހާ ކަންބޮޑުވުންތަކާއެކު ރައްޔިތުން ތިބި ގޮތް، މިސަރުކާރަށް ހަމަވެގެންދާނެ ކަމެކެވެ.
ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެ އަޑުތައް ގަދަވަމުންދާއިރު، މާދަމާގެ ވޯޓުން ސަރުކާރަށް އެކަށީގެންވާ ތާއީދެއް ނުލިބިއްޖެ ނަމަ، ސަރުކާރުގެ ސިޔާސީ ބާރުވެރިކަން ކުޑަވެ، އިތުރު ފިއްތުންތަކާ ކުރިމަތިލާންޖެހޭނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި، ރައީސް މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން މީހުންނަށް ފައިސާ ހުށަހަޅަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި ޚަރަދު ކުޑަކުރުމުގެ ބަހަނާގައި ދެ އިންތިޚާބު އެއްކޮށްލަން ބުނަމުންދާއިރު، ސަރުކާރުން ދަނީ ނުކަތާ ވަރަށް ވަޒީފާ އުފައްދައި ބަހަމުންނެވެ. މީގެ އިތުރުން، ވަޒީފާގެ ބިރުދައްކައި، އެތައް ބަޔަކު ވަޒީފާއިން ސަސްޕެންޑް ކުރަމުންދާ ކަމުގެ ޝަކުވާތައް ވެސް ދަނީ ފެންމަތިވަމުންނެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރެވުނީ ވެސް މި ވޯޓަށް ވަރަށް ދުރާލައި ރޭވުންތަކެއް ރޭވިގެންނެވެ. އަދި ސަރުކާރުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއެކު ސިއްރު ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑު ތުހުމަތެއް ކޮށްފައެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، މާދަމާގެ ވޯޓުން ނުކުންނަ ނަތީޖާ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމަކާ ކުރުމަތިލާންޖެހިދާނެ ފަދަ ނަތީޖާއަކަށް ވެގެން ހިނގައިދާނެ ކަމީ ނުހަނު ގާތުގައިވާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު