ރައީސް އަބުދު ﷲ ޔާމިން
ރައީސް އަބުދު ﷲ ޔާމިން
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ޝަރީއަތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިރޭ ބުނެފިއެވެ.

އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ކުރުމަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެ ހުކުމާއެކު ހައިކޯޓްގައި މިހާރު ކުރިއަށްދާ އިދިކޮޅު ލީޑަރުގެ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިއީ ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމަށް ތާއީދު ކުރުމާއެކު ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަން ދިވެހި ރައްޔިތުންނަށް އިތުރަށް ޔަގީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީގެ އިސްވެރިންނާއި މި ސަރުކާރުގެ އިސްވެރިން ގޮތް ހުސްވެގެން ކުރަމުންދާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ލޯޔަރުންނާއި މި ސަރުކާރަށް ތާއީދުކުރާ ބޭފުޅުން ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަަސައްކަތް ކުރުމުން މި ސަރުކާރުން ޝަރުއީ ދާއިރާއަށް ބާރުފޯރުވާ މިންވަރު ސާފުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި އެމަނިކުފާނު އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށްވެސް ސަރުކާރަށް ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން