ވޯޓުލުން ފަށަން ތައްޔާރުވަމުން ދަނީ
ވޯޓުލުން ފަށަން ތައްޔާރުވަމުން ދަނީ
މިއަދު ކުރިއަށްދާ އިންތިޚާބުތަކުގައި ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ދޫނުކުރާތީ، އެކަމާ މެދު އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ވޯޓުލާންދާ ކޮންމެ މީހަކަށް ތިން ކަރުދާސް އެކީގައި ދޫނުކުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށްޓަކައި ހިންގާ އަމަލެއް ކަމަށެވެ.





އަދި މިއީ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއެޅުމަށްޓަކައި، ސަރުކާރުން ބޭނުންވެގެން އިލެކްޝަންސް ކޮމިޝަނުން ކޮށްދޭ ކަމެއް ކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އެހެންކަމުން، މިކަން މިގޮތަށް ނުކުރުމަށާއި، ވޯޓުލުމުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

މިއަދަކީ ރާއްޖޭގައި ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓު ކުރިއަށްދާ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު