ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ: ބިދޭސީއަކު ރަހީނުކުރި މީހަކު ވަނީ ހައްޔަރުކޮށްފައި
ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ: ބިދޭސީއަކު ރަހީނުކުރި މީހަކު ވަނީ ހައްޔަރުކޮށްފައި
ރަހީނުކުރި ބިދޭސީއަކަށް ހިމާޔަތްދީ، އޭނާ ރަހީނުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ރޭ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިމާޔަތްދީފައި ވަނީ ބަންގްލަދޭޝްގެ މީހަކަށް ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ވެސް އެ ގައުމުގެ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.ނަމަވެސް އެ ހާދިސާ ހިނގީ ކޮށް ރަށެއްގައި ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ، އަނިޔާ ލިބުނު މީހާ މިހާރު ހުރީ އެ މުއައްސަސާގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ.

ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގައި މާރަމާރީ ހިންގުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަން ހުއްޓުވުމަށް ފުލުުުހުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު