ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ދަރަނި ނުވަތަ ލޯނު އެއްބަސްވުންތަކާ ގުޅޭ ނުރަނގަޅު މައުލޫމާތު ހާމަނުކުރުމަށާއި، ކްރެ‏ޑިޓް އޭޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއަށް ބޭރުގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދީފައިވާ ލޯނުތަކުގެ ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާނަމަ ލޯނު ދޭ ފަރާތްތަކާއި އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ދައުލަތުން ނަގާ ލޯނުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ދަރަނީގެ އެއްބަސްވުންތަކުގައި ވަކި މިންގަނޑުތަކެއް ހިފަހެއްޓުމަށް ދެ ފަރާތަށް ވެސް ލާޒިމުވާ ކަމަށެވެ. އެ އެއްބަސްވުންތަކުގައި ހިމެނޭ ޓާމްސްތަކަކީ ސިއްރު މައުލޫމާތުތަކެއް ކަން ފާހަގަކުރަށްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެ މައުލޫމާތު ހާމަކުރެވޭނީ ދަރަނި ދޫކުރި ފަރާތުގެ އިޒުނައާއެކު ކަމަށެވެ.

އެ ނޫން ގޮތަކަށް އަމަލުކުރާނަމަ ލޯނު ދޭ ފަރާތްތަކާއި އިންވެސްޓަރުންގެ ކުރިމަތީގައި ދިވެހި ދައުލަތާއި ސަރުކާރުގެ އިތުބާރު ގެއްލި، އިތުރަށް ފައިނޭންސިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑުވެ، އިތުރު ފައިނޭންސިން ހޯދުމަށް ދަތިވާނެ." މާލިއްޔަތު ކޮމެޓީގައި މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖޭގެ ފަރާތުން ބޮންޑެެއް ނުވަތަ ސުކޫކެއް ވިއްކުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެކަމަށް ނޭދެވޭ އަސަރެއް ކުރާނެ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓަރު އަމީރު ވަނީ އިލްތިމާސް ކުރަށްވާފައެވެ. ދަރަނިތަކާބެހޭ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް ބަލަހައްޓަމުން، ދަރަނި މެނޭޖު ކުރެވެމުންދާއިރު އެފަދަ މައުލޫމާތުތައް އާންމުކޮށް ހާމަ ކުރާނަމަ އޭގެ ނޭދެވޭ އަސަރު އިންވެސްޓާ ކޮންފިޑެންސަށް ކުރާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ގެންދަވަނީ ޗައިނާ އިން ނަގާފައިވާ ލޯނުތަކާއި ގުޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ބައިނަލްއަގުއާމީ މީޑިޔާތަކުގައާ އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


11

ކިނބޫ

15-Oct-2020

އަހަރުން ކައިރީ ކަލޭ ތިހެން ތިބުނަނީ? ލަދު ކޮބާ! ރައްކާ ވާންވީނު.



ޓްރެންޑިން