މިއަދު ބޭއްވި ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ގޮނޑި، މިހާރުގެވެސް މޭޔަރު އިސްމާއިލް ރަފީގު ދިފާއު ކުރަށްވާފައިވާކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ރަފީގު މި ގޮނޑި ކާމިޔާބު ކުރީ ސަރުކާރުގެ ކެންޑިޑޭޓް އާއި ވާއްދަކޮށް ބޮޑު ތަފާތަކުންނެވެ.
މިއަދުގެ އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، ހުރިހާ ސިޓީތަކުގެ އިތުރުން ކައުންސިލުގެ ގިނަ ގޮނޑިތައް ވެސް ނެގީ އެމްޑީޕީންނެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ދަނީ ބަލިވަމުންނެވެ.
މިނަތީޖާތަކާ ގުޅިގެން ސިޔާސީ އިސްބޭފުޅުން ގެންދަވަނީ ސަރުކާރުން ބަލި ޤަބޫލު ކުރުމަށް ގޮވާލަށްވަމުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ނުހަނު މުހިންމު މި އިންތިޚާބުގައި، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު، މިހާރު ކުރިއަށްދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު