މަނަދޫ މީރާ ކަލެކްޝަން ސެންޓަރ
މަނަދޫ މީރާ ކަލެކްޝަން ސެންޓަރ
ނ. މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މަނަދޫ މީރާ ކަލެކްޝަން ސެންޓަރު ހުޅުވައިދެއްވީ އާދީއްތަދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޘާފިރުއެވެ.



މީރާއިން ބުނީ މަނަދޫގައި ހުޅުވި ކަލެކްޝަން ސެންޓަރަކީ ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޙިދުމަތްތައް ވީހާވެސް ގާތުން ދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެއްކަމަށެވެ.

މީރާއިން ބުނީ މާލޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ލުއި ފަސޭޙައެއް އަތޮޅުތެރޭގައި ހުންނަ މީރާގެ އޮފީސްތަކުންވެސް ލިބޭނެކަމަށެވެ. އެގޮތުން މީރާގައި ރަޖިސްޓްރީކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީރާގެ ޙިދުމަތްތައް އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިހާރުވެސް އަތޮޅުތެރޭގައި މީރާގެ އޮފީސްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން 16 އަތޮޅެއްގައި މީރާގެ 17 އޮފީހަކުން އަންނަނީ ޓެކްސް ދައްކާ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށްދެމުންނެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން މިހާރު ވަނީ އެ އިދާރާއިން ބަލައިގަންނަ ހުރިހާ ޓެކުހަކާއި ފީތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސަދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން