ފުވައްމުލަކު ސިޓީގައި ގައި އުފާ ފާޅު ކުރަނީ
ފުވައްމުލަކު ސިޓީގައި ގައި އުފާ ފާޅު ކުރަނީ
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ މޭޔަރުކަމަށް އިސްމާއިލް ރަފީގު އިންތިޚާބުވުމާ ގުޅިގެން، އެ ސިޓީގައި ވަރަށް ފޯރިއާއެކު އުފާފާޅުކުރަން ފަށައިފިއެވެ.

އިންތިޚާބުގެ ނަތީޖާ އިއުލާންކުރި ވަގުތުން ފެށިގެން އެ ސިޓީގެ މަގުތަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، މިހާރުވެސް ދަނީ ވަރަށް ބޮޑު އެއްވުމެއް ބާއްވަމުންނެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވަމުންދާއިރު، މުޅި ސިޓީގައި އޮތީ އުފާވެރިކަމުގެ މާހައުލެކެވެ.

މިފަހަރުގެ އިންތިޚާބުގައި ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީންނެވެ. މިއީ އެ ޕާޓީއަށް އެ ސިޓީން ލިބުނު ވަރަށް ބޮޑު ތަރުހީބެއްގެ ގޮތުގައި ސަޕޯޓަރުން ދަނީ ފާހަގަކުރަމުންނެވެ.

އިންތިޚާބީ މޭޔަރާއެކު ބާއްވަމުންދާ މި ހަރަކާތްތަކުގައި، ސަޕޯޓަރުން ދަނީ ލަވަޔާއި މިއުޒިކާއެކު އެމްޑީޕީގެ ކާމިޔާބީ ފާހަގަކޮށް، ކުރިއަށް އޮތް ދައުރުގައި ފުވައްމުލަކަށް އަންނާނެ ތަރައްގީއަށް އުއްމީދު ކުރާކަން ހާމަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު