އަލްހާން ފަހްމީ
އަލްހާން ފަހްމީ
އަލީ ރަމީޒް ލަވަ ކިޔުން ހުއްޓާލިފަހުންވެސް އެކަމުގެ މަންފާ ހޯދާފައިވާކަމަށް ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހްމީ ތުހުމަތުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އަލީ ރަމީޒަށް އަމާޒުކޮށް އަލްހާން ފަހްމީ ސިލްސިލާކޮށް ކުރިއަށް ގެންދަވާ ބަހުގެ ހަމަލާ ތަކުގެ ސިލްސިލާގެ ތެރެއިން އަލްހާން ފަހްމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ރަމީޒް ލަވަ ކިޔުން ހުއްޓާލުމަށްފަހު 2015 ވަނަ އަހަރުގެ ތެރޭގައި ލަވަ އަލްބަމަކަށް ލިބެންޖެހޭ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާކުރިކަމަށެވެ. އަދި އެމައްސަލަ ޝަރީއަތުން ބޭރުގައި ހައްލުކޮށް، އެފައިސާ ހޯދައިގެން ބޭނުންކޮށްފައިވާކަމަށް އަލްހާން ތުހުމަތުކުރެއްވިއެވެ. އަދި ލަވަ ކިޔުން ހުއްޓާލުމަށްފަހު ކިޔާފައިވާ ލަވަތައް ވިއްކައިގެން އާމްދަނީ ހޯދުމަކީ ހުއްދަކަމެއްތޯ އަލްހާން ވަނީ ސުވާލުކުރައްވާފައެވެ.



އަލްހާން ފަހުމީ ސޯޝަލް މީޑިއާގައި އަލީ ރަމީޒަށް އަމާޒުކޮށް އެކި ވާހަކަތައް ލިއުއްވަން ފެއްޓެވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އަލީ ރަމީޒް އަޑު އުފުއްލަވަން ފެށްޓެވުމުންނެވެ. އެކަމާ ގުޅިގެން އަލްހާން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަލީ ރަމީޒަކީ ފޭކް ޝޭޚެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އަލްހާން ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާއަށް އާއްމުންގެ ފަރާތުން އަމާޒުވެފައިވާ ފާޑުކިޔުން މާބޮޑެވެ. އަދި އަލްހާން މިގޮތަށް އަލީ ރަމީޒަށް އަމާޒުކޮށް ދައްކަވާ އެއްވެސް ވާހަކައަކަށް އަލީ ރަމީޒު މިހާތަނަށް އެއްވެސް ރަށްދެއް ދެއްވައި އެއްޗެއް ވިދާޅުވެފައެއް ވެސް ނުވެއެވެ.

އަލްހާން އަލީ ރަމީޒާއި ޒާތީ ގޮތުން ދިމާކުރަން ފެށްޓެވީ އަލީ ރަމީޒުގެ ޓްވިޓަރ އެކައުންޓުން އޭނާ ބްލޮކް ކޮށްލެއްވި ކަމަށް ވިދާޅުވެއެވެ. މިމައްސަލައިގައި އަލްހާން ގެންދަވަނީ މެދުކެނޑުމެއްނެތި ޒާތީ ގޮތުން އަލީ ރަމީޒާއި ދިމާ ކުރަށްވައި ވަރަށް ހުތުރު ބަސްތައް ރަށްދު ކުރަށްވަމުންނެވެ. މިގޮތުން އަލީ ރަމީޒުގެ ދީންވެރިކަމާއި ހެދުން އަޅުއްވާ ގޮތާއި ވެސް ބެހިވަޑައިގެން ހަޖޫޖައްސަވާފައި ވެއެވެ. އަދި އަލީ ރަމީޒު މިހާރު އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރަށްވާތީ އެކަމަށްވެސް އަލްހާން ވަނީ ފާޑުވިދާޅުވެ ހަޖޫ ޖައްސަވާފައެވެ.

އަލީ ރަމީޒަކީ ރާއްޖޭގެ ކުރީގެ ވަރަށް މަޝްހޫރު ލަވަކިއުންތެރިއެކެވެ. އެދާއިރާއިން އޭނާވަނީ ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި ތާއީދު ހޯދާފައެވެ. ނަމަވެސް އަލީ ރަމީޒް ލަވަކިއުން ހުއްޓާލައި މިއުޒިކާ ދުރަށް ދިޔަތާ މިހާރު ދުވަސް ތަކެއް ވެއްޖެއެވެ. މިއުޒިކާ ދުރަށް ދިޔަފަހުން އޭނާ އާންމުކޮށް މިހާރު ހަރަކާތްތެރިވަނީ އިސްލާމްދީން ކުރިއަރުވައި ދީނީ މައުލޫމާތު އާންކޮށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައެވެ. އެގޮތުން ޓީވީއާއި ރޭޑިއޯއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ޕްރޮގްރާމްތައް ހުށައަޅަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

މުހައްމަދު

15-Oct-2020

މަ އާޓިކަލް ކިޔާލީ އަލްހާންގެ އެކިއުސޭޝަނަށް ޖަވާބެއް ލިބޭތޯ. އާޓިކަލަލކުން އިތުރު މައުލޫމާތެއް ލިބޭތޯ.


-3

ރީޝާ

13-Oct-2020

އަލްހާން މިއުޅެނީ މޮޔަވެގެން. މޮޔައިންގެ ތަނަކަށް ގެންގޮސް ހައްޔަރުގަ ބަހައްޓަންވީ. މީހުންގެ ތެރޭގައި ދޫކޮށްލައިގެން ގެންގުޅެވޭވަރަށް ވުރެ ދަށްވެފަ އެހުރީ މިހާރު.


-4

ސޮބާ ސަބައްޑީ

12-Oct-2020

ކުރިންވެސއ ފަހުންވެސް އެކަމުން ހޯދި ފައިސާ އެއް ގޮތަކައްވެސް ބޭނުމެއް ނުކުރެވޭނެ އެއީ ހަރާން ކަމެއް



ޓްރެންޑިން