ހދ. މަކުނުދޫ ކައުންސިލްގެ އައު ދައުރަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބު، އަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އަލީ ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. މި ކާމިޔާބީއާ ގުޅިގެން އަދާލަތު ޕާޓީން ވަނީ އަލީ ނަޝީދަށް ވަރަށް ހޫނު އަދި އިޚްލާޞްތެރި މަރުޙަބާއެއް ކިޔާފައެވެ.
އަދާލަތު ޕާޓީން މީސްމީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މަކުނުދޫ ކައުންސިލްގެ ގޮނޑި އަލީ ނަޝީދު ކާމިޔާބު ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އާ ދައުރުގައި ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގެ ހެޔޮ ތައުފީޤު އެ ބޭފުޅާއަށް މިންވަރު ކުރެއްވުމަށް އެދި އެ ޕާޓީން ވަނީ ދުޢާކޮށްފައެވެ.
މި އިންތިޚާބުގެ ކާމިޔާބީއާއެކު، މަކުނުދޫގެ ކުރިމަގަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތަކުގައި އަލީ ނަޝީދުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ރަށުގެ ރައްޔިތުން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު