ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމުގެ ގޮނޑި، މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު އާތިފް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ސިޓީގައި ވަރަށް ފޯރިއާއެކު އުފާފާޅުކުރަން ފަށައިފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަންއާ ވާދަކުރައްވައި އާތިފް މި ގޮނޑި ދިފާއު ކުރެއްވީ ހުރިހާ ދާއިރާއެއްގެ ފޮށިތަކުން ވެސް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އާތިފަށް 2,721 ވޯޓު ލިބިވަޑައިގެންފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަންއަށް ލިބިވަޑައިގަތީ 1,275 ވޯޓެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު އެ ސިޓީގައި ވަނީ ފޯރިގަދަ ސައިކަލު ބުރެއް ވެސް ބާއްވާފައެވެ.
މޭޔަރުގެ ގޮނޑީގެ އިތުރުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ ގޮނޑިވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. މި ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު އިބްރާހިމް ކާމިޔާބު ކުރެއްވީ ޖުމްލަ 2,444 ވޯޓު ހޯއްދަވައިގެންނެވެ.
އޭނާއާ ވާދަކުރެއްވީ މިހާރުވެސް އެ ކޮމެޓީގެ ރައީސާގެ މަގާމުގައި ހުންނެވި ޕީއެންސީގެ ކެންޑިޑޭޓް ހަދީޖާ މޫސާއެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހަދީޖާއަށް ލިބިވަޑައިގަތީ 1,534 ވޯޓެވެ.
މިއީ އެމްޑީޕީން އެ ސިޓީގައި ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެދު އުތުރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަކްބަރީ މުހައްމަދެވެ. އަކްބަރީއަކީ މިހާރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރެއްކަން ފާހަގަކޮށްލެވެއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އަކްބަރީއަށް 339 ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މާއިދާ ހަސަން ރަޝީދަށް ލިބިވަޑައިގަތީ 169 ވޯޓެވެ. މި ނަތީޖާތަކާއެކު ކުޅުދުއްފުށީގެ މުހިންމު ގޮނޑިތައް އެމްޑީޕީން ވަނީ ދިފާއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު