ނިމިދިޔަ އިންތިޚާބުގައި ރ. ކިނޮޅަހާއި ހދ. މަކުނުދޫން ޢަދާލަތު ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ.
އެގޮތުން ރ. ކިނޮޅަހު ކައުންސިލްގެ އައު ދައުރުގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ޙަސަން ޝުޢައިބަށާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ހޮވިވަޑައިގެންނެވި ޢާއިޝަތު ޖަވާދާގެ އިތުރުން، އެ ކޮމިޓީގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ނަސްރީނާ ޢައްބާސްއަށް ގިނަ ބަޔަކު ދަނީ އިޚްލާސްތެރި މަރުޙަބާއެއް ދަންނަވަމުންނެވެ.
ހަމައެއާއެކު، ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އައު ދައުރުގެ ރައީސާކަމަށް ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޚާބުވެވަޑައިގެންނެވި ޝަހުމާ އާދަމަށާއި، އެ ކޮމިޓީގެ މެމްބަރުކަމަށް ހޮވިވަޑައިގެންނެވި ނިޒާމާ އާދާމަށްވެސް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މި ހުރިހާ ބޭފުޅުންނަކީވެސް ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމުގައި ދެމިތިއްބަވާނެ ބޭފުޅުން ކަމަށް އުންމީދުކުރެވޭއިރު، އެ ބޭފުޅުންނަށް މި ޝަރަފުވެރި މަގާމުތަކުގައި މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުމަށް އެދި ގިނަބަޔަކު ދަނީ ހެޔޮ ދުޢާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު