އީރާންގެ އަސްކަރީ ގާޑްސް
އީރާންގެ އަސްކަރީ ގާޑްސް
އިރާންގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، އެޤައުމުގެ ނުފޫޒުގަދަ އަސްކަރީ ފައުޖު ކަމަށްވާ "އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް" (އައި.އާރު.ޖީ.ސީ) އިން މުޅި ދައުލަތް ކޮންޓްރޯލް ކުރަމުންދާކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. މިހެން ބުނަނީ ހުޅަގުގެ ބާރުތަކުންނެވެ.

ދަ އިކޮނޮމިސްޓް މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާންގެ ރޫޙާނީ ލީޑަރު އާޔަތުލްއަހް ޢަލީ ޚާމަނާއީގެ ސިއްޙީ ހާލުކޮޅު ހުރިގޮތުންނާއި ޤައުމުގެ ސިޔާސީ މުސްތަޤްބަލާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ރިވޮލިއުޝަނަރީ ގާޑުން ދަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި، އިޤްތިޞާދީ މުހިންމު ދާއިރާތަކުގެ އިތުރުން ސިޔާސީ ނިންމުންތައް ނިންމާ މަރުކަޒުތަކަށް އަތްގަދަކުރަމުންނެވެ.

މީގެ ކުރިން ހަމައެކަނި އަސްކަރީ ދާއިރާގައި ހަރަކާތްތެރިވި މި ޖަމާއަތުން މިހާރު ދަނީ ދައުލަތުގެ "ދައުލަތެއްގެ" ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މި ބަދަލުތަކުގެ ސަބަބުން އިރާންގެ ދީނީ އިލްމުވެރިންގެ ބާރު ކުޑަވެ، އަސްކަރީ ވެރިކަމެއްގެ ސިފަ ޤައުމަށް ޖެހެމުންދާކަން މުހައްލިލުން ފާހަގަކުރެއެވެ. ޚާއްޞަކޮށް ޤައުމުގެ ތެލުގެ މުއްސަނދިކަމާއި، ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ރިވޮލިއުޝަނަރީ ގާޑުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާއިރު، މިއީ ކުރިއަށް އޮތް ތަނުގައި އިރާންގެ ވެރިކަން ބަދަލުވެގެންދާނެ ގޮތް ކަނޑައެޅުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނެ ފަރާތް ކަމަށް ބެލެވެއެވެ.

މިކަމުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި އިރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް އިތުރަށް ވަރުގަދަވެގެން ހިނގައިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު