ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ އިސްތިއުފާ ދެއްވައިފިއެވެ.

ކުރިމިނަލް ކޯޓުގެ ގާޒީކަމުން އޭނާ އިސްތިއުފާދެއްވާފައި މިވަނީ އޭނާ މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، އެމައްސަލަ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ.

އޭނާ ވަނީ ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ހުށަހަޅާފައިވާކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ރާއްޖޭގެ މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ގާޒީ ކަމުން ވަކިކުރަން ނިންމީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އަދި ބަޔަކު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމެއް އަލުން މުރާޖައާ ކުރުން ހައިކޯޓުން ކޮށްފައިވާ އަމުރަށް އަމަލު ކުރުމުގައި އޭނާ ގަސްތުގައި ލަސްކޮށްފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް އަލީ ވިދާޅުވީ ބަންދުގެ މައްސަލަ މުރާޖައާ ކުރުން ލަސްވެގެން ދިޔައީ ކުރިމިނަލް ކޯޓުގެ އިދާރީ ކަންތައްތަކެއްގެ ސަބަބުންކަމަށެވެ. ނަމަވެސް، ޖޭއެސްސީން މައްސަލަ ބަލާފައި ގޮތް ނިންމާފައި ވަނީ އެ ކަންކަމަށް ރިއާޔަތް ނުކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް އަލީ މަގާމުން އިސްތިއުފާ ދިންއިރުވެސް ހުންނެވީ ސަސްޕެންޝަނެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން