ބޭންކް އޮފް މޯލްޑިވްސްއިން ނ. ކެނދިކުޅުދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލްއިން ބުނީ ނ. ކެނދިކުޅުދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެ ބެންކުގެ ޙިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންކަމަށެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކޮށް މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން 4 ރަށެއްގައި އޭޓީއެމް ސެންޓަރެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި 4 ރަށުގެ ތެރޭގައި ކެނދިކުޅުދޫވެސް ހިމެނެއެވެ. ދެން ހިމެނޭ ރަށްތަކަކީ ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށްޓެވެ. ވަރަށް އަވަހަށް މި ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ފަށާނެކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން މިހާރުދަނީ 57 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 120 އޭޓީއެމް ސެންޓަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އާފިޔާ

12-Oct-2020

މަރުހަބާ ތީވަރައް ރަންގަޅު ކަމެއް



ޓްރެންޑިން