ފިޝަރީޒް މިނިސްޓަރު  ޒަހާ ވަޙީދު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު
ޗައިނާއާއި ރަޝިޔާ ބާޒާރަށް ދިވެހި މަސް ބޭރުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި، ޗައިނާއާއި ރާއްޖެއާ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ކާށިދޫ ދާއިރާ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޮޕަރޭޝަނަލް ހާލަތުގައި އޮތް އެއްބަސްވުމެއް ނޫން ކަމަށެވެ. އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި މަޖިލިހުންވެސް ޤާނޫނުތަކެއް ހަދަންޖެހޭ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ޗައިނާ މާކެޓަށް ދިވެހި މަސް ތައާރަފްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ރަޝިޔާ މާކެޓަށް ވެސް ދިވެހި މަސް ބޭރު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

"ވިޔަފާރިއަކީ ހުޅުވާލެވިފައިވާ ވިޔަފާރިއެއް. ޗައިނާގެ ބާޒާރަށް ވަނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ." އެފްޓީއޭ ވުޖޫދުގައި ނެތަސް ރާއްޖެއިން ޗައިނާއަށް މަސް ބޭރުކުރަން މަސައްކަތް ކުރާކަން ހާމަ ކުރަށްވަމުން ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ޗައިނާގެ ޤަވާޢިދުތައް ހުންނަ ގޮތުން ވަކި ޚާއްޞަ  ސެޓިފިކޭޝަން ޕްރޮސެސްއެއް ފުރިހަމަކޮށްގެން ނޫނީ އެ ޤައުމަށް މަސް ބޭރުނުކުރެވޭތީ އެ ސެޓިފިކޭޝަން ޕްރޮސެސް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާ ކަމަށެވެ. މަސްވެރިކަމުގެ ވިޔަފާރިއަކީ ވަކި ޤައުމަކާއެކު ނުކުރަން ނިންމާފައިވާ ވިޔަފާރިއެއް ނޫން ކަމަށާއި، ހުރިހާ ބާޒާރުތަކުންވެސް ފުރުޞަތު ހޯދައިގެން ވަންނަންވީ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

علي وحيد

13-Oct-2020

ސާބަހޭ ޒަހާވަހީދު ހުރިހާ ގައުމެއްގެ ބާޒާރަށްވެސް މަސް ބޭރުކުރަނީ މާކޭޓުތައް ގިނަވެ ޑިމާންޑު ބޮޑުވެގެން ކޮޅުލައިގެންގޮސް ދުވާލަކު ހަފަހަރު މަހުގެ އަގު ވައްޓާލާ މަސްވެރިންނައް ހަމައަގު ދޭވަރުން މަސްވެރިން އެތިބީ ހެވިދިލިފަ މީލާދީނީ ސަރުކާރުގެ ލަދުޙަޔާތް ކުޑަކަން މަހިތައްއަރާ



ޓްރެންޑިން