ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ ޖަލްސާގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމަށް ފުރުޞަތު ނުދޭކަމަށް ބުނެ ޖަލްސާ އަށް ދިއުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ދެކޮޅު ހަދައިފިއެވެ.
އެމްޑީޕީގެ ލީޑަޝިޕުން މިގޮތަށް ނިންމާފައިވާއިރު، ރައީސް ނަޝީދާއި ފައްޔާޒް އިސްމާޢީލަކީ މިވަގުތު އެމްޑީޕީގެ ރަސްމީ އެއްވެސް މަޤާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅުންނެއް ނޫނެވެ.
އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ 9:00 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ މި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުޞަތު ނުދޭން ނިންމާފައިވާކަމަށް ވަނީ އަޑުފެތުރިފައެވެ. މީގެ އިތުރުން، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް ވެސް މި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުޞަތު ނުދިނުމަށް ވަނީ ނިންމާފައެވެ.
މި ނިންމުންތަކާ ގުޅިގެން ރައީސް ނަޝީދާއި ފައްޔާޒްގެ ސަޕޯޓަރުން އަންނަނީ މީސްމީޑިއާގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ބައެއް އިސް އެކްޓިވިސްޓުން ބުނަމުންދަނީ، ޕާޓީގެ ތެރޭގައި ތަފާތުކުރުންތައް ގެންގުޅޭނަމަ ޖަލްސާގައި ބައިވެރިނުވާނެ ކަމަށާއި، މިއީ އެންމެން ގުޅިގެން ހޯދި ކާމިޔާބީއެއް ކަމަށެވެ.
ނަޝީދަށް ތާއީދުކުރާ އެކްޓިވިސްޓް ލޫކަސް ޖަލީލް ވެސް ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ޖަލްސާއަށް ނުދާނެކަން އިޢުލާނުކޮށްފައެވެ. އޭނާ ބުނީ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިނީ ކުރީގެ ސަރުކާރުގެ މަސައްކަތްތަކަށްވުރެ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާމެދު އޮތް ނުރުހުމެއްގެ ސަބަބުން ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ. މިވަގުތު އެމްޑީޕީގެ ހިންގުމުގައި އިސްކޮށް ތިއްބެވީ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ އާއި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދެވެ.

ކިޔުންތެރިންގެ ހިޔާލު