ރަށެއްގައި ދަނޑުވެރިކަން ކުރަނީ: ފަޅުރަށްތަައް ދަނޑުވެރިކަމަށް ދޫނުކުރުމަށް މަޖިލީހުން ވަނީ ލަފާދީފަ
ރަށެއްގައި ދަނޑުވެރިކަން ކުރަނީ: ފަޅުރަށްތަައް ދަނޑުވެރިކަމަށް ދޫނުކުރުމަށް މަޖިލީހުން ވަނީ ލަފާދީފަ
ދަނޑުވެރިކަން ކުރުމަށް ފަޅު ރަށްތައް ދޫ ނުކުރުމަށް ސަރުކާރަށް ލަފާ ދީފައިވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ކަމަށް ބުނެ ރާއްޖޭގެ ފަޅުރަށްތައް ދޫކުރާތާ ގާތް ގަނޑަކަށް 32 އަހަރު ވެފައިވާ ކަމަށެވެ. ދަނޑުވެރިކަމަށް ދޫކުރި އެއްވެސް ރަށަކީ ވިޔަފާރީގައި ދެކޮޅު ޖެހޭ ރަށެއް ނޫން ކަން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ރިސޯޓު ވިޔަފާރީގެ އުސޫލުން ހިންގަން ދޫކޮށްފައިވާ ކަމަށާއި، ރަށްތައް ރިސޯޓު ވިޔަފާރީގެ އުސޫލުން ހިންގަން ދޫކުރުމަކީ "ވަރަށް ދެކޮޅު" ޖެހޭ ވިޔަފާރިއެއް ކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ. ދަނޑުވެރިކަން ކާމިޔާބު ގޮތުގައި ހިނގަމުން އަންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ފާހަގަކުރަށްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަ ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ބީލަމަށް ހުޅުވާލަން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެގޮތުން ދަނޑުވެރިކަމަށް ދޫކުރަން ނިންމާފައި ވަނީ ހއ. މަޑުލާއި ށ. ކަކާއެރިއަދޫ އާއި އެ އަތޮޅު ނެޔޮ އާއި ނ. ތޮޅެންދޫ އާއި ބ. މާއްޑޫ އާއި ގދ. އޮއިނގިއްލާއެވެ.

ދަނޑުވެރިކަމަށް ފަޅުރަށް ދޫނުކުރުމަށް މަޖިލީހުން ސަރުކާރަށް ލަފާދީފައިވާ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެފައި ވާއިރު ކޯވިޑާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ވަނީ ރާއްޖޭގައި ދަނޑުވެރިކަން އާލާކޮށް ދަނޑުވެރިކަން އިތުރަށް ފުޅާ ކުރުމަށް ނިންމައި ދަނޑުވެރިކަމަށް ލޯނުދިނުމާއި ފަޅުރަށްތައް ދޫކުރުމާއި ބިން ދޫކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން