ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން ފެނުނު 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި
ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން ފެނުނު 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި
ހުޅުމާލޭ ކައިރީ އޮތް ދޯންޏަކުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން އާއި މެތަފެޓަމިން ހިމެނޭ ކަމަށެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސްގެ އެހީތެރިކަމާއި އެކު ޑްރަގް އެންފޯސްޓްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށް ސީޕީ ވިދާޅުވިއެވެ.

އައްޑޫގައި މިދިޔަ ހަފުތާގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ވެސް ގާތްގަނޑަކަށް 100 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައި ބަޔަކު ހައްޔަރުކޮށްފައެވެ. އެމައްސަލައިގެ ތަހުގީގް ވަރަށް ފުޅާ ދާއިރާއެއްގައި ފުލުހުން މިހާރު ވަނީ ފަށާފައެވެ. އައްޑޫ އަތޮޅުގެ ކަނޑުމަތިން ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި މި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އިބްރާހިމް ރަޝީދު (އަބުޗާ) އާއި އިތުރު މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

އައްޑޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށް ބުނެ ބައެއް މީހުން މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޖައުފަރު

12-Oct-2020

މަސް ވެރިކަމުގެ ނަމުގަ ނިކުމެ ބޮޑެތި ދޯނިފަހަރުން ކުރާ ކަމަކީ މި ޒާތުގެ ސުމަގުލް ކުރުންތާ ދޯ އެހެންވީމާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެބަޖެހޭ މިހާރަށް ވުރެން ރަނގަޅަށް އެއްފަޅި ޗައިނާ އަށް އަނެއް ފަޅި އިންޑިޔާ އާއި ހަވާލުކޮށްލާ އަވަހަށް


-1

ޖައުފަރު

12-Oct-2020

މަސް ވެރިކަމުގެ ނަމުގަ ނިކުމެ ބޮޑެތި ދޯނިފަހަރުން ކުރާ ކަމަކީ މި ޒާތުގެ ސުމަގުލް ކުރުންތާ ދޯ އެހެންވީމާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެބަޖެހޭ މިހާރަށް ވުރެން ރަނގަޅަށް އެއްފަޅި ޗައިނާ އަށް އަނެއް ފަޅި އިންޑިޔާ އާއި ހަވާލުކޮށްލާ އަވަހަށް


-2

ހަލީމަތު ފެންފުށީ

12-Oct-2020

ކޮންމެބަޔަކު ތިށްބަސް ތިކަން ުރާނެ ހާދަބޮޑުދައިދާ އެއްލިބޭ ކަމެކޭ އެއްގޮތަކައްވެސް ހުށްޓުވާނެކަމެއް ނެއް


3

ކާސިދޫ އަލީ

12-Oct-2020

ތީބަޔަކު އަޑީގަތިބެގެން ހިންގާ ބޮޑުޖަރީމާ އެއް އެއްދޮރުން ވައްދާާފަ އަނެއްދޮރުން ނެރޭނެ



ޓްރެންޑިން