ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިޔާއިންދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރިމަންޓުގައި ސޮއިކޮށްފި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ދޫކުރަމުންދާ ލޯނުތަކުގެ ތެރެއިން މިއަދު މިކުރެވުނު އެއްބަސްވުމަކީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުއަށް އިންޑިޔާއިން ފޯރުކޮށްދީފައިވާ ލޯނެކެވެ.

6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖެއް ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.



ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓާ ހަމައަށް ގުޅާލާ މި ބްރިޖްގެ ކޮންމެ ފަޅިއެއްގައި މަދުވެގެން 2 ލޭން އޮންނާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 450 އާއި 600 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢަށް 411 މިލިއަން ރުފިޔާ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

އުސްމާލުބެ ތަކަންދޫ

12-Oct-2020

ތިފަދަ ރަންގަޅު ަންތަކައް އަބަދުވެސް ތާއީދު ކުރަން



ޓްރެންޑިން