އެމްޑީޕީން މިއަދު ފާހަގަކުރަމުންދާ ކާމިޔާބީއަކީ މި ގައުމުގެ އެތައް ބައެއްގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މި ކާމިޔާބީއަކީ އެމްޑީޕީގެ ލީޑަޝިޕާއި އާންމު މެންބަރުން ގުޅިގެން ކުރި އިޚްލާސްތެރި މަސައްކަތުން ހޯދިފައިވާ ކުރިއެރުމެއް ކަމަށެވެ.
ޚާއްސަގޮތެއްގައި މި ނަތީޖާ ނެރެވުނީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެއް އަމާޒަކަށް މަސައްކަތް ކުރެއްވުމުގެ ސަބަބުންކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕާޓީގެ އިސް ސަފާއި އާންމު މެންބަރުންގެ މެދުގައި އޮތް ބަދަހި ގުޅުމަކީ ކާމިޔާބީގެ މައިގަނޑު އަސާސެވެ.
މިވަގުތު ރައްޔިތުން އެމްޑީޕީއާ މެދު ކުރާ އެންމެ ބޮޑު އުންމީދަކީ ގައުމުގެ މިސްރާބު ނުބައި ދިމާލަކަށް ދިޔަނުދީ، ހެޔޮ މަގަށް ގައުމު ރުޖޫއަކުރުން ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް، ރައްޔިތުން އެދޭ ފަދަ އަމާންވެއްޓެއް ގާއިމުކުރުމަށްޓަކައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓް ނިންމާލެއްވީ، މި ހުރިހާ ކަމެއްވެސް ހާސިލުކުރެވޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވަމުންނެވެ. ވަކިވަކިވުމުގެ ބަދަލުގައި އެކުވެރިކަމާއެކު ކުރިއަށް ދިއުމަކީ ގައުމަށާއި ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

MDP in miadhu mifaahaga kuraa kaamiyabee akee mi Qaumuge ethah baegge masakkathuge natheeja.
— Faisal Naseem (@FaisalNasym) April 6, 2026
Mi kaamiyaabee hoadhunee MDP ge leadership aai aammu membarun kuri bura masakkathun.
Khassa koh miee Raees Nasheed aai Raees Solih eh amaazakah masakkai kurevveethee nikui natheeja eh.…
ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓް ނިންމާލެއްވީ، މި ހުރިހާ ކަމެއްވެސް ހާސިލުކުރެވޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވަމުންނެވެ. ވަކިވަކިވުމުގެ ބަދަލުގައި އެކުވެރިކަމާއެކު ކުރިއަށް ދިއުމަކީ ގައުމަށާއި ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު