ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤު
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤު
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ސިޓީގެ ކެމްޕެއިން ހަރަކާތްތަކަށް އެހީތެރިވެދެއްވި އެމްޑީޕީގެ ލީޑަރޝިޕަށް ޚާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި، ކެމްޕެއިންގެ ފޯރިގަދަކޮށް ރައްޔިތުންނަށް އުންމީދު އާކޮށްދެއްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ނަންތައް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ނައިބު ރައީސް ފައިޞަލް ނަސީމް ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކަށް މޭޔަރު ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބޭފުޅުންގެ ބައިވެރިވުމަކީ ޕާޓީގެ މެމްބަރުންނާއި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މެދުގައި އިތުރު ޖޯޝަކާއި ހިތްވަރެއް އުފެދިގެން ދިޔަ މުހިންމު ސަބަބެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވިއެވެ. މީގެ އިތުރުން ޕާޓީގެ ޗެއަރޕާސަނާއި، ރައީސް އަދި ކުރީގެ ޗެއަރޕާސަނުން ވެދެއްވި އެހީތެރިކަމަށްވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.



މޭޔަރުގެ ބަޔާނުގައި ޕާޓީގެ ކުރިމަގާ ގުޅޭގޮތުން މުހިންމު މެސެޖެއްވެސް ވަނީ ދެއްވާފައެވެ. އެމްޑީޕީ ކުރިއަށް ދާންވާނީ ހުރިހާ މެމްބަރުން ހިމަނައިގެން، ވަކި މީހަކު ބާކީ ނުކުރާ ސިޔާސަތެއްގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، އެންމެން ގޮވައިގެން ކުރިއަށް ދިއުމަށް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު