މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ރަށްރަށުގެ ފަޅުތެރޭގައި ގެއަޅައިގެން ދިރިއުޅުމުގެ ކޮންސެޕްޓެއް މިހާރު ތައްޔާރުކޮށްފައި ވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް މިގޮތަށް ވިދާޅުވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށައަޅުއްވާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުނެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގައި އޮތް ބިމަކީ އެންމެ ތަދު އެއްޗެއްގެ ގޮތުގައި މިހާރު ފާހަގަކުރެވެން ފަށާފައިވާކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅޭ ވާހަކަ ދެއްކުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވިކަމަށާއި ނަމަވެސް އެމަނިކުފާނު އެކަން ނަގަނީ ވަރަށް ރަނގަޅު ވިސްނުމެއްގެ ގޮތުގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ މޫދުގައި ކޮޓަރި އަޅައިގެން ދިރިއުޅޭނެ މޮޑެލެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި މިހާރު ހަދާފައި ވާކަމަށެވެ. އެކޮންސެޕްޓް އަދި ފުރިހަމަވެފައި ނުވިނަމަވެސް އެއީ މިހާރު ހެދިފައިވާ މޮޑެލެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން މީތި ކޮންޕެއާކުރަން މިޖެހެނީ ބިން ހިއްކާފައި އެލިބޭ ޑްރައި ލޭންޑްގެ ވެލިއުއާ އަޅުގަނޑުމެން މިދެންނެވި ގޮތަށް އޯވަ ވޯޓާގައި ލިވް ކުރަން (ދިރިއުޅެން) އެދާއަގާއި އަކަފޫޓަކަށް ދާއަގާއި މިދޭތީގެ ހުރި އަގުގެ ތަފާތުން އަޅުގަނޑުމެން މިނާފައި ކޮންގޮތަކަށްތޯ؟ އަޅުގަނޑުމެން ދާންވީ އޭގެ މިކްސްޗާއެއް އޮންނަންވީ ކިހިނެއްތޯ؟" އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ބިމާ ގުޅޭގޮތުން ދިވެހިން ދެކޭގޮތްވެސް މިހާރު ބަދަލުވާން ފަށާފައިވާކަމަށާއި، ރާއްޖޭގައި މިހާތަނަށް ބިންތައް ތަރައްޤީވެފައި އޮތީ މާބޮޑު ތަސައްވުރެއް އޮވެގެން ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި މީހުން ތޮއްޖެހި އަދި ބިމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ބޭނުން ނުކުރެވި އެބަހުރި ކަމަށާއި، މޫދުގައި ގެ އަޅައިގެން ދިރިއުޅުމަކީ ރާއްޖެފަދަ ބިމުގެ މައްސަލަ ކުރިމަތިވެފައިވާ ޤައުމަކަށް ކޮންމެވެސްވަރެއްގެ ހައްލަކަށް ވެގެންދާނެކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ބިންހިއްކުމުގެ ބަދަލުގައި، ލޮނުގަނޑުމަތީގައި ގެދޮރު އަޅައިގެން ދިރިއުޅޭ ބަޔަކަށް ވުމުގެ ވިސްނުން ގެންގުޅެން އެބަޖެހޭކަމުގައި މިނިސްޓަރ އަސްލަމް މިއަހަރުގެ ފެބުރުއަރީ މަހުވެސް މަޖިލީހުގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން