އެމްޑީޕީގެ ނިޒާމަށް ޒަމާނީ އިޞްލާޙީ ބަދަލުތަކެއް ނުގެނެސްފިނަމަ، މާޒީގައި އެ ޕާޓީއަށް ކުރިމަތިވި ހިތްދަތި ނާކާމިޔާބީތައް އަލުން ތަކުރާރުވުމުގެ ބިރު އެބައޮތް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވައި، ޕާޓީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވަކާލާތުކުރައްވާފައެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން އިޞްލާޙަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ދެބަސްވެވެން ނެތް ހެތްކެކެވެ. އަދި އެމްޑީޕީއަކީ ރައްޔިތުން އެ އިޞްލާޙީ މަސައްކަތަށްޓަކައި އަދިވެސް އިތުބާރުކުރާ މައިގަނޑު އުޅަނދުކަން މި ނަތީޖާއިން ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ރައްޔިތުން ކުރި އިތުބާރަށް ފުރިހަމައަށް އިޖާބަދޭންޖެހޭ. އެގޮތުން ޕާޓީ އިތުރަށް ތަރައްޤީކޮށް، ޒަމާނީ ބަދަލުތަކަށް ހޭނި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިއޮންނަންޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެމްޑީޕީއަށް އާ ޗެއާޕާސަނަކު އިންތިޚާބުކުރުމުގެ ކަންކަން އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ހުންނެވި ޗެއާޕާސަނަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީ ދަމަހައްޓައި، އެއްބައިވަންތަކަން ޤާއިމުކުރުމުގައި މިހާރުގެ ޗެއާޕާސަން ނުކުޅެދިފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އިންތިޚާބުކޮށްފައިވާ މަޤާމުތަކުން މީހުން ވަކިކުރަމުންދާ މައްސަލައިގައި، މިހާރުގެ ޗެއާޕާސަން މަޤާމުން ވަކިކުރުމުގެ މައްސަލައިގައި އޭނާ ސޮއިކުރައްވާފައިވާކަންވެސް ފައްޔާޒް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ޕާޓީއަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި އެޅި ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ.
އެމްޑީޕީ އިޞްލާޙުކުރުމުގެ މަގަކީ ދިގު އަދި އުނދަގޫ މަގެއްގެ ގޮތުގައި ސިފަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދީ، ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮތް ހަމައެކަނި ޕާޓީގެ ބިންގާ އަލުން ވަރުގަދަކޮށް، ޕާޓީން ޤަބޫލުކުރާ އަސާސްތައް އަލުން ކަނޑައަޅަންޖެހޭ ކަމަށެވެ.
"މިއީ ޕާޓީގެ ކުރިމަގާ މެދު ބަހުސްކޮށް، ސުވާލު އުފައްދައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަލުން ބައްޓަންކުރަންވީ ވަގުތު،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒްގެ ޕޯސްޓު ނިންމާލައްވަމުން ވަނީ ވީ އެންމެ އަވަހަކަށް ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށް ގޮވާލައްވާފައެވެ. އަދި ޕާޓީގެ އިޞްލާޙީ ދަތުރުގައި އެންމެހައި މެންބަރުންނާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހުށަހެޅުމަށް ދަޢުވަތު އަރުވަމުން އޭނާ ވިދާޅުވީ، ޤައުމު އިޞްލާޙުކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ އިޞްލާޙުކުރަންޖެހެނީ އަމިއްލަ ޕާޓީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު