މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ދިއްގަރުގެ ހުރިހާ ގޮނޑިއެއް ބޮޑު ތަފާތަކުން އިދިކޮޅު އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.

މިއީ އެ ދާއިރާގެ އިންތިހާބީ ނަތީޖާއަށް ބަލާއިރު ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ނަމަވެސް ނިމުނު ދައުރުގައިވެސް ދިއްގަރު ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.

ދިއްގަރު ދާއިރާއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ސަރުކާރު ނިސްބަތްވާ ޕީއެންސީގެ އިސް މެންބަރު އަހުމަދު ނާޒިމް ތަމްސީލުކުރަށްވާ ދާއިރާއެވެ. ނާޒިމްފަދަ ނުފޫޒުގަދަ ބޭފުޅަކު ނިސްބަތްވާ ދާއިރާއެއްގެ މައި ރަށުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރުމަކީ ސިޔާސީ ގޮތުން އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން، ދިއްގަރު ދާއިރާގެ އެހެން ރަށްރަށުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ގޮނޑިތައް ކާމިޔާބު ކޮށްފައެވެ. އެގޮތުން ރަތްމަންދޫ ކައުންސިލާއި، މުލީ ކައުންސިލްގެ މެޖޯރިޓީ ހޯދާފައިވަނީ ޕީއެންސީންނެވެ.

ދިއްގަރުގެ ނަތީޖާ އާއެކު ކުރިއަށް އޮތް ތަނުގައި އެދާއިރާގެ ސިޔާސީ ހަރަކާތްތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު