އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އައިޝަތު ނަހުލާ ސޮއިކުރައްވަނީ
އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އައިޝަތު ނަހުލާ ސޮއިކުރައްވަނީ
ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެސްއާރްއައި އާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރއައިގެ އެގްޒެކެޓިވް ޑިރެކްޓަރ ޑިއެޑްރެ ފިޓްޕެޓްރިކްއެވެ.

މި އެއްބަސްވުމާ ގުޅެގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށްބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަންކުރުމުގައި އެސްއާރުއައިގެ އެހީތެރިކަން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި، ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން