ޗައިނާގެ އިރުމަތީ ޕްރޮވިންސެއްކަމަށްވާ ޗިންޑާއޯ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޯވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް އެޤައުމުގެ ސަރުކާރުން ފަށައިފިއެވެ.
ޗިންޑާއޯ ސިޓީގައި ދިރިއުޅޭ 9 މިލިއަނެއްހާ މީހުން ކޯވިޑްއަށް ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެސިޓީގެ ހޮސްޕިޓަލެއްގައި ކޯވިޑަށް ފަރުވާދެމުންދިޔަ ޤައުމުން ބޭރުން އައި މީހެއްގެ ފަރާތުން އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެނެވެ.
ޗިންޑާއޯ ސިޓީގައި ދިރިއުޅޭ 9 މިލިއަން މީހުން 5 ދުވަހުގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރުމުގެ މަސައްކަތް އާދީއްތަދުވަހު ފަށާފައިވާއިރު، މިދިޔަ މޭމަހު ޗައިނާއިން ވަނީ ކޯވިޑް ފުރަތަމަ ފެނުނު ވޫހާން ސިޓީގެ 11 މިލިއަން މީހުން 10 ދުވަހުގެ ތެރޭގައި ބައްޔަށް ޓެސްޓްކޮށްފައެވެ.
ޗައިނާއިން މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ސިޓީއަކުން ކިތަންމެ މަދު ބަޔަކު ޕޮޒިޓިވްވިޔަސް، މުޅި ސިޓީ އެއްކޮށް ކަހަލަ ގޮތަކަށް ބައްޔަށް ޓެސްޓްކުރެއެވެ. ޗިންޑާއޯ ސިޓީގައި ކޯވިޑް ޓެސްޓަށް ޚާއްސަ ސެންޓަރުތަކެއް ނުވަތަ ތަންތަން ތައްޔާރުކޮށްފައިވާއިރު، ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުން ކައިރިއަށް ގޮސްގެންވެސް ޓެސްޓްތައް ހަދައެވެ.
ކޯވިޑް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ކޯވިޑްއަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 91305 މީހުންނެވެ. އަދި ބަލީގައި މަރުވެފައިވަނީ 4746 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު