ރ.އުނގޫފާރު
ރ.އުނގޫފާރު
ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ރ. އުނގޫފާރު ދާއިރާގައި ހިމެނޭ ތިން ރަށުގެ ރަށު ކައުންސިލްގެ ރައީސްކަމާއި ގިނަ ގޮނޑިތަކެއް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. މި ނަތީޖާއާއެކު އެ ދާއިރާގެ ސިޔާސީ މިސްރާބަށް ބޮޑު ބަދަލެއް އައިސްފައިވާކަން މިވަނީ ހާމަވެފައެވެ.

އުނގޫފާރު ދާއިރާއަކީ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދުގެ އުފަން ދާއިރާއަށް ވާއިރު، މި އިންތިޚާބުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އިންތިޚާބުގެ ކުރިން ސަރުކާރުގެ ފަރާތުން ގިނަ މަސައްކަތްތަކެއް އެ ދާއިރާގައި ކުރި ނަމަވެސް، ވޯޓުން ފެނިގެންދިޔައީ ސަރުކާރަށް އޮތް ތާއީދު ކުޑަވެފައިވާ މަންޒަރެވެ.

މި ނަތީޖާއާ ގުޅޭގޮތުން ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ އެ ދާއިރާގެ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ދިން މެސެޖެކެވެ. އެމްޑީޕީން ވަނީ ދާއިރާގެ ތިން ރަށުގެ ރައީސްކަމުގެ ގޮނޑީގެ އިތުރުން، ކައުންސިލްތަކުގެ އަޣުލަބިއްޔަތުވެސް ދަމަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު