އެމްޑީޕީ މެމްބަރު އިކްރާމް ހަސަން
އެމްޑީޕީ މެމްބަރު އިކްރާމް ހަސަން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަންގެ ކޮވިޑް-19ގެ ސުންކު (ސާމްޕަލް) ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މައާފަށް އެދިވަޑައިގެންފިއެވެ.

މެމްބަރު އިކްރާމް ހަސަން މައާފަށް އެދިވަޑައިގެންނެވީ ސާމްޕަލް ނެގި އާރްއާރް ޓީމުގެ އޮފިޝަލާއި ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ. ސާމްޕަލް ނެގި ފަރާތުގެ އާއިލާ އާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އިކްރާމް ވިދާޅުވީ، ކަން ހިނގާދިޔަ ގޮތުން ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.



"އަޅުގަނޑު މިއަދު ޝިފާނާ އާއި ޝިފާނާގެ މަންމައާ ބައްދަލު ކުރިން، އަދި އަޅުގަނޑަށް ބުނެވުނު/ކުރެވުނު ކަމަކަށް މައާފަށް އެދުނިން." އިކްރާމް، ސާމްޕަލް ނެގި ސިއްހީ ޚިދުމަތްތެރިޔާގެ އާއިލާާއާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެޗްއީއޯސީ، އާރްއާރް ޓީމްގެ ހުރިހާ މުވައްޒަފުންގެ ކިބައިންވެސް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމްގެ މައްސަލައިގައި މޯލްޑިވިސް ޕްރޮފެޝަނަލް ޔޫނިއަނުން ނެރުނު ބަޔާނެއްގައި، މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ އާންމު މުވައްޒަފަކަށް ހަމަލާދިން މައްސަލަ ދިފާއު ކުރަމުންދާތީ އެކަން ކުށްވެރި ކޮށްފައި ވެއެވެ. އަދި އެކަން ކުށްވެރިކޮށް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ބަޔާން ނެރެ ފިޔަވަޅު އަޅާފައިނުވާތީ ކަންބޮޑުވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން