ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއިދީފައިވާ ކަމަށެވެ. އެގޮތުން މިހާރު ސްކޫލުތަކުގެ ބައެއް ގްރޭޑްތަކަށް ކިޔަވައިދޭން ފެށުމާއި އަދި މިހާރު ބަލީގެ ސްކޯ ހުރި މިންގަނޑަށް ބަލާއިރު، އިތުރު ލުއިތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގަނޑު ވެހިލަކް ދުއްވޭ ގަޑި ރޭގަނޑު 10 ޖެހުމާއި ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ލުއިތަކެއް ދޭނެކަމަށް ނަޒްލާ ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވީ ލުއިތަކެއް ދިންނަމަވެސް ބަލީގެ ނުރައްކާ އިތުރުވާނަމަ އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ލުއިތައް ދިންނަމަވެސް ރައްކާތެރިކަމަށްޓަކައި އެޗްޕީއޭއާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ކުރާނެކަމަށެވެ. ޚާއްސަކޮށް ސްކޫލުތަކާއި އަދި އެނޫންވެސް ތަންތަން ހުޅުވަން ހުއްދަދޭއިރު، ގައިޑްލައިނާއި އެއްގޮތަށް އެތަންތަނުގެ ކަންކަން ހަމަޖެހިފައިވޭތޯ ބަލަމުންދާނެކަމަށް ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ރާއްޖެއިންމިހާރު ކޯވިޑް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވާން ފެށުމުން ބައެއް ފަރާތްތަކުން ބަލީގެ ނުރައްކާ ކުޑަކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައި ކޯވިޑް ނެތްކަމަށް ދެކޭކަމަށެވެ. ނަމަވެސް މިބައްޔަކީ ކޮންމެ ހާލަތަކެއްގައިވެސް އިތުރުވެ ނުރައްކާ ބޮޑުވެދާނެ ބައްޔަކަށްވާތީ ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ނަޒްލާވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު