ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ
ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ
އެންޓި ކޮރަޕްޝަން ކޮމިޝަނުން މާލެ ސިޓީ މޭޔަރު ޝިފާ މުޙައްމަދާ ގުޅޭ ގޮތުން ކޮށްފައިވާ ތަހުގީގަކީ ރަނގަޅު ތަހުގީގެއް ނޫން ކަމަށް ވިދާޅުވެ އެ ތަހުގީގާއި މެދު ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ ސުވާލު އުފައްދަވައިފިއެވެ.

ޤާނޫނުލް ޢުޤޫބާތު އިސްލާހުކޮށް ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމުގައި ކަނޑައެޅުމާ ގުޅޭ ގޮތުން މިއަދު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ރައްޔިތުން މަޖިލިހުގެ މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން މާލެ ސިޓީ މޭޔަރު ޝިފާ މުޙައްމަދާ ގުޅޭ ގޮތުން ކޮށްފައިވާ ތަހުގީގަކީ ރަނގަޅު ތަހުގީގެއް ނޫން ކަމަށެވެ.

އޭސީސީން ބޭނުންވީމަ މީސްމީހުންގެ ނަން ކިލަނބުކޮށް ތަޣައްޔަރުކުރުމަށް ގަސްތުގައި ދޮގު އިލްޒާމު އެޅުވުމަށް ތަހުގީގުތައް ހިންގާ ކަމަށް އިންތި ވަނީ ތުހުމަތު ކުރަށްވާފައެވެ. ނަމަވެސް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އޭސީސީ ނުކުޅެދިފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެ މައްސަލަތައް ނުބަލަނީ ގަސްތުގައި ކަމެއް ނުވަތަ އިހުމާލުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަތައް އޭސީސީއަށް ތަހުގީގުކުރެވޭ ތަން ފެނިވަޑައި ނުގަންނަވާ ކަމަށް އިންތި ވިދާޅުވިއެވެ. އޭސީސީން މާލެ ސިޓީ މޭޔަރާ ދެކޮޅަށް ތަހުގީގު ހިންގީ ލޮނުޒިޔާރަތްކޮޅުގައި މާލެ ސިޓީ ކައުންސިލުން ތަރައްޤީކުރާ ޕާކުގެ މައްސަލާގައި ކަން ފާހަގަކުރައްވަމުން އިންތި ވިދާޅުވީ އެތަނުގައި ފާޚާނާ ބަރި ހެދުމަށް ބޭނުންވާ ފައިސާ ދިނީ ސަރުކާރަށް ނުވަތަ މޭޔަރުގެ އަތަށް ނޫން ކަމަށެވެ. އަދި އެކަން ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ފަންޑު ހޯއްދަވައިގެން މަސައްކަތް ނިންމެވީވެސް މޭޔަރު ކަމުގައި އިންތި ވަނީ ފާހަގަކުރަށްވާފައެވެ.

"މިއީ މާލެ ސިޓީ ކައުންސިލުގެ މޭޔަރާ މެދު ހިންގި ރަނގަޅު ތަހުގީގެއް ނޫން. އަޅުގަނޑަށް 100 ޕަސެންޓު ދަންނަވަން ކެރޭ. އަޅުގަނޑުމެންގެ ޤައުމުގެ ތެރެއިން އެބަހުރިތޯ ހަމަ އެއްވެސް މީހަކު މާލެ ސިޓީ ކައުންސިލުގެ މޭޔަރާމެދު ތުހުމަތެއް ދުވަހަކުވެސް އެޅި. ކޮރަޕްޝަން ވައްކަމުގެ ތުހުމަތެއް އެޅި ތަނެއް ދުވަހަކުވެސް އަޅުގަނޑު ނާހަން." އިންތި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ގައުމީ ލޯބި

15-Oct-2020

ޖާހިލިއްޔަ ޒަމާނުގެ އުސޫލު އެމްޑީޕީގެ އުސޫލަކީ. ފިރުޢަނު : ކަލޭމެން ދުށިންތަ? ހާމާނު : ތީއީއއއ ނުވެސް ހިގާކަމެއް ދެން ފަހެ ކިހިނެތް ފެންނާނީ! ފިރުއައުނު: އެހެންވީމާ އަހަރެން ބޮޑުންގެ މީހާ ކުއްވެރި ނުވޭ! މިގޮތަށް އެމްޑީޕީ މީހަކު ގެ މައްސަލަ ބަލަން ޖެހިއްޖެ ތަ? ކުއްވެރި ވެގެން ނުވާނެ އަދި ބެލިގެން ވެސް ނުވާނެ. ބޮޑުންނަށް ވަކި ގޮތެއް ނިކަމެތި ރައްޔަތުން ނަށް ހުކުމް ކުރުން އޮތީ



ޓްރެންޑިން