ރޭ ކުއްލި ގޮތަކަށް ނިޔާވި މޫސާ ފަޝްލީން ޕީއެންސީގެ ރައީސް އަބުދުއްރަހީމަށް ފޯމްތަކެއް ހަވާލުކުރަނީ: އޭނާއަކީ ޕީޕިއެމްގެ މެމްބަރެއް
ރޭ ކުއްލި ގޮތަކަށް ނިޔާވި މޫސާ ފަޝްލީން ޕީއެންސީގެ ރައީސް އަބުދުއްރަހީމަށް ފޯމްތަކެއް ހަވާލުކުރަނީ: އޭނާއަކީ ޕީޕިއެމްގެ މެމްބަރެއް
ހއ. ހޯރަފުށި، މޫސާ ފަޒްލީން ރޭ ވަރަށް ކުއްލި ގޮތަކަށް ނިޔާވި ޚަބަރާއެކު އާއިލާ އާއި ހޯރަފުށްޓަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ގިނަ ބަޔަކު އަދިވެސް ތިބީ ފަޒްލީން ނިޔާވި ކަން ގަބޫލު ކުރަން ދަތިވެފައެވެ. އިއްޔެ އާއި އަދި ރެއާ ހަމަޔަށް އޭނާ ހުރީ ހެޔޮ ހާލުގައެވެ.ފަޒްލީނުގެ ކުއްލި ވަކިވެ ދިޔުމުން މުޅި ހޯރަފުށްޓަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ. ފަޒްލީން ނިޔާވެފައިވަނީ ހާޓްއޭޓެކޭއް ޖެހިގެންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

އުމުރުން 35 އަހަރުގެ މޫސާ ފަޒްލީނަކީ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ވަޒީފާ އަދާ ކުރަމުން އައި ހީވާގި ޒުވާނެކެވެ. އެޗްޑިސީއިންކުރި ޓުވީޓެއްގައި ބުނެފައިވަނީ ގެއްލިގެން އެދިޔައީ އަގުހުރި ޓީމް މެންބަރެއްކަމަށެވެ. މިހިތާމައިގައި އެކުންފުނިންވެސް ބައިވެރިވާކަން ހާމަކޮށް މޫސާ ފަޒްލީންގެ އާއިލާއަށް އެ ކުންފުނިން ވަނީ ތައުޒިޔާ ފޮނުވާފައެވެ.

މީގެ އިތުރުން ފަޒްލީން އަކީ ހުޅުމާލޭގައި ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް ހަރަކާތްތެރި ޒުވާނެކެވެ. މޫސާ ފަޒްލީންގެ މައްޗަށް ކުރެވޭ ކަށުނަމާދު ބެއްވީ ރޭ ފަތިސް ނަމާދުގެ ފަހުގައި މަސްޖިދުލް ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ. ފަޒްލީންގެ ކުއްލި ވަކިވެ ދިޔުމާއެކު އިދިކޮޅު ކޯލިޝަނަށް ވެސް ވަނީ ވަރަށް ފުން ހިތާމަ އެއް ލިބިފައެވެ.



އެކޯލިޝަން އިސް ބޭފުޅުން ވަނީ މި ހިތާމައިގައި ބައިވެރިވެ އިޚުލާސްތެރި ތައުޒިޔާ އާއިލާ އަށް ފޮނުވާފައެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަޒްލީން ނިޔާވި ޚަބަރު އެމަނިކުފާނު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާ އެކުގައި ކަމަށެވެ. އަދި އޭނާގެ ފުރާނައަށް މާތް ﷲ ހެޔޮ ރަހުމަތް ލެއްވުން އެދިވަޑައިގެން ރައީސް ވަހީދު ވަނީ ދުއާ ދަންނަވާފައެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސައްލެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަޒްލީންގެ ވަކިވެ ދިޔުމަކީ މުޅި ހޯރަފުށްޓަށް ލިބުނު ފުން ހިތާމަ އެއް ކަމަށެވެ. ސައްލެ ވަނީ ފަޒްލީން އާއިލާ އަށް ތައުޒިޔާ ފޮނުއްވާފައެވެ. މީގެއިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ވެސް ފަޒްލީން ނިޔާވުމުގެ ހިތާމައިގެ ބައިވެރިވާ ކަން ހާމަކުރަށްވައި އާއިލާ އަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ތިމަންނަ

15-Oct-2020

މަރުގެ ކޫޒުން ފެންނުބޯ އިންސާނަކީ ފަހެ ކާކުހޭ , މަރު ގޮވާލީމާ އެ އެންމެން އެއްމަގުން ތާއޭ ދިޔާ



ޓްރެންޑިން