އަލްހާން ފަހްމީ
އަލްހާން ފަހްމީ
އަލްހާން ފަހްމީ ދިޔަރެސް ނޫހުގެ ނޫސްވެރިޔަކަށް މަގުމަތިން ފުރައްސާރަ ކުރިކަމަށްބުނެ ދައްކާ ވާހަކަތައް އޭނާ ދޮގުކުރަށްވައިފިއެވެ.

އަލްހާން ފަހްމީ މިހެން ވިދާޅުވެފައި މިވަނީ އަލްހާނާއި އިތުރު މީހަކުވެގެން ދިޔަރެސް ނޫހުގެ ނޫސްވެރިޔަކަށް މަގުމަތިން ފުރައްސާރަކޮށް، ބިރުދެއްކި މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވަނިކޮށެވެ.

އަލްހާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހުރިހާ ވާހަކައެއް ދޮގުކުރަށްވާފައެވެ. އަލްހާން ވިދާޅުވީ އޭނާ އެއްވެސް މީހަކަށް ބިރުދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް ރޭގެ ވަގުތެއްގައި މަގުމަތިން ބަޔަކު އޭނާއާ ދިމާކޮށް، ފުރައްސާރަކޮށްފައިވާކަމަށެވެ. އެގޮތުން ރޭ 8:40 ހާއިރު ސައިކަލުގައި މަގުމަތިން ދަނިކޮށް، މާސްކު އަޅައިގެން ތިބި 2 މީހަކު އޭނާއާ ދިމާކުރިކަމަށް އަލްހާން ތުހުމަތުކުރެއްވިއެވެ. އަދި އެމީހުންގެ ތެރޭގައި ދިޔަރެސްގެ ނޫސްވެރިޔަކުވެސް ހިމެނޭކަމަށް އަލްހާން ވިދާޅުވިއެވެ.

އެ ދެ މީހުންގެ ތެރެއިން އެކަކު މަގުމަތީގައި ހުރެގެން ހަޑިހުތުރު ބަހުން މުހާތަބްކޮށް، އަޑުގަދަކޮށްފައިވާކަމަށްވެސް އަލްހާން ވިދާޅުވިއެވެ. އަދި އެމީހުންގެ އުނދަގޫ ބޮޑުވެގެން، އަމީނީ މަގުގައި ހުންނަ ރެހެންދި ފްލެޓަށް ވަނުމުންވެސް އެމީހުން އަޑުގަދަކޮށް، ހަޑިހުތުރުބަހުން އެއްޗެހި ގޮވަމުންދިޔަކަމަށްވެސް އަލްހާން ވިދާޅުވިއެވެ. އަލްހާން ވިދާޅުވީ މަގުމަތިން ފުރައްސާރަކުރި މީހުންގެ އުނދަގޫ ބޮޑުވެގެން، ޕޮލިހަށްވެސް އެވަގުތު ރިޕޯޓްކޮށްފައިވާކަމަށެވެ.

އަލްހާން ފަހުމީއާއި މަގުމަތިން ދިމާކުރި ކަމަށް ބުނާ ދިޔަރެސް ނޫހުގެ ނޫސްވެރިއާގެ ވާހަކަތަކާއި މުޅިން ދެކޮޅަށް ނޫނީ ކަންހިނގާ ދިޔަ ގޮތާ މުޅިން ދެކޮޅަށް ފޭސް ބުކްގައި ބަޔާން ނެރެ އަލްހާން ފަހްމީއާ ބަޔަކު ދިމާކުރިކަމަށް އޭނާ ވިދާޅުވާއިރު، ދިޔަރެސް ނޫހުގެ ނޫސްވެރިޔާ ބުނާގޮތުން ފުރައްސާރަކޮށް، ދިމާކޮށްފައިވަނީ އަލްހާން ފަހްމީއާއި އޭނާއާއެކު ސައިކަލުގައި އިން އެހެން މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން