އަހުމަދު މަސްނޫމް   13 އޮކްޓޯބަރު 2020 - 18:9
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން ޒީނާ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފިއެވެ.

ޒީނާ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ފަށާފައިވަނީ މަޤާމުގެ ޤާނޫނީ ވާޖިބު އަދާ ނުކުރުމާއި ބައެއް މީޑިއާތަކާ މެދު ތަފާތުކުރުން ގެންގުޅޭކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގައި ޒީނާ ވަކިކުރަން ނިންމާ، އެކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމީ އިއްޔެ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޒީނާގެ އިތުރުން އެ ކޮމިޝަނަށް ކުރީގެ ސަރުކާރުން އައްޔަން ކޮށްފައިވާ އަމްޖަދު ވަހީދު ފިޔަވައި އެހެން ހުރިހާ މެމްބަރުންވެސް މަޤާމުން ވަކިކުރަން މަޖިލީހުން ނިންމިއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން އޭގެ ތެރެއިން ގިނަ މެމްބަރުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ހަސީނާ މުލި

15-Oct-2020

ތިކަހަލަ ބޮޑާ ކިބުރުވެރި އަމިލަ އެދުން ބޮޑު ފުއްޕާފަ އުޅޭ މީހުން ސައިޒް ކުރަން ޖެހޭ


4

ހަސީނާ މުލި

15-Oct-2020

ތިކަހަލަ ބޮޑާ ކިބުރުވެރި އަމިލަ އެދުން ބޮޑު ފުއްޕާފަ އުޅޭ މީހުން ސައިޒް ކުރަން ޖެހޭ