ގައުމުތަކާއެކު ޗައިނާއިން ސޮއިކުރާ ފްރީ ޓްރޭޑް އެގްރީމަންޓް، އެފްޓީއޭގެ ސަބަބުން އެއްވެސް ގައުމެއްގެ ވިޔަފާރީގެ ގުޅުންތަކަށް ނުބައި އަސަރެއް ނުކުރާނެކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ރާއްޖޭގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލަށް ރަށްދު ދެއްވައިފިއެވެ.
ފްރީ ޓްރޭޑް އެގްރީމަންޓް، އެފްޓީއޭ ދިފާޢުކުރައްވާ ޗައިނާގެ ސަފީރު ވާހަކަފުޅުދައްކަވާފައި މިވަނީ ޗައިނާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުމުން ރާއްޖެއަށް ފައިދާއެއް ނުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ރާއްޖެއިން ޗައިނާއާއެކު ހަދާފައިވާ އެފްޓީއޭއަށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެ އެފްޓީއޭ މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންދާނެކަމަށެވެ.
ފައްޔާޒުގެ ވާހަކަތަކާ ގުޅިގެން ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްޓީއޭތަކަކީ ދެ ގައުމަށް ފައިދާވާ މުހިއްމު އެއްބަސްވުމެއްކަމަށެވެ. ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ހަދާފައިވާ މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން މުޅިން އެހެން ހަރުފަތަކަށް ދާނޭކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ޓްވީޓުގައި ޗައިނާއިން 22 ޕާޓްނަރަކާއެކު 18 އެފްޓީއޭއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރަށްވައި އޭގެ ސަބަބުން އެއްވެސް ޤައުމެއްގެ އެހެން ވިޔަފާރި ބައިވެރިންނާއެކު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށް ސަފީރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ދާދިފަހުން ދެއްކެވި ވާހަކަފުޅެއްގައި ވަނީ ޗައިނާ އެފްޓީއޭއަކީ ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ޒަމާނުއްސުރެ ރާއްޖެއިން ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކަށް ބުރޫ އަރާނެކަމަަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އޭނާގެ ވަޒީރު ކަމުގައި އެފަދަ އެއްބަސްވުމެއް ކުރިއަށް ނުގެންދަވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއިން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ރައީސް ނަޝީދު ވެސް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއީ ކުރިއަށް ގެންދެވެން އޮތް އެއްބަސް ވުމެއް ނޫން ކަމަށެވެ. އަދި އެ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިތުރު ގާނޫނު ތަކެއް ހަދައިގެން ދެގައުމުން ވެސް އިތުރު ކަންތައްތަކެއް ފުރިހަމަ ވެގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

FTA 🇲🇻🇨🇳 is of mutual benefit and high-quality. It conforms to international practice and will lift the economic and trade ties to new level.
— Amb. Zhang Lizhong (@AmbassadorZhang) October 13, 2020
China signed 18 FTAs with 22 partners, and no FTA has ever disrupted any country's trade ties with its trading partners.
ސަފީރުގެ ޓްވީޓުގައި ޗައިނާއިން 22 ޕާޓްނަރަކާއެކު 18 އެފްޓީއޭއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރަށްވައި އޭގެ ސަބަބުން އެއްވެސް ޤައުމެއްގެ އެހެން ވިޔަފާރި ބައިވެރިންނާއެކު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށް ސަފީރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ދާދިފަހުން ދެއްކެވި ވާހަކަފުޅެއްގައި ވަނީ ޗައިނާ އެފްޓީއޭއަކީ ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ޒަމާނުއްސުރެ ރާއްޖެއިން ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކަށް ބުރޫ އަރާނެކަމަަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އޭނާގެ ވަޒީރު ކަމުގައި އެފަދަ އެއްބަސްވުމެއް ކުރިއަށް ނުގެންދަވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއިން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ރައީސް ނަޝީދު ވެސް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއީ ކުރިއަށް ގެންދެވެން އޮތް އެއްބަސް ވުމެއް ނޫން ކަމަށެވެ. އަދި އެ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިތުރު ގާނޫނު ތަކެއް ހަދައިގެން ދެގައުމުން ވެސް އިތުރު ކަންތައްތަކެއް ފުރިހަމަ ވެގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު