މިދިޔަ ކައުންސިލް އިންތިޚާބާ ގުޅިގެން އެމްޑީޕީން ބޭއްވި މުޒާހަރާގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މުޒާހަރާގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން ޝިފާޒް ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ހިނގަމުންދިޔަ ގޮތާ ޚިލާފަށް، ކުރިއަށް އޮތް 20 ވަނަ މަޖިލިސް ފެނިގެންދާނީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.
އަދި އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ނަތީޖާ ސާފުވަންދެން މުޒާހަރާގެ ބައިވެރިންނާއެކު ސާބިތުކަމާއެކު ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ، ދީނާއި ގައުމުގެ ހިމާޔަތުގައި ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށެވެ.
މި މުޒާހަރާގެ ތެރެއިން އޭނާ ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވާފައެވެ. މުޒާހަރާގެ ބައިވެރިން ވެސް ދިޔައީ "ޑޮކްޓަރ މުއިއްޒު އިސްތިއުފާ" އަށް ގޮވާލައި އަޑުއުފުލަމުންނެވެ.
މިރޭ މާލޭގައި ބޭއްވި މުޒާހަރާގައި އެމްޑީޕީން ވަނީ ސަރުކާރުގެ ހިންގުން އިސްލާހުކުރުމަށް ގޮވާލާ 12 ޑިމާންޑެއް ހުށަހަޅާފައެވެ.
އޭގެ ތެރޭގައި މުއައްސަސާތަކުގެ ބާރުތައް އިޔާދަކުރުމާއި، އެންޓި-ޑިފެކްޝަން ގާނޫނު އުވާލުމާއި، ލާމަރުކަޒީ ބާރުތައް ހިމާޔަތްކުރުމުގެ އިތުރުން، ތަކެތީގެ އަގު ހެޔޮކުރުމާއި މަސްވެރިންނަށް ވީ ވައުދުތައް ފުއްދުން ހިމެނެއެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށާއި، ބިޑަކާ ނުލައި މަޝްރޫއުތައް ދިނުން ހުއްޓާލުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު