ރަށްރަށާއި ސިޓީތަކުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ ވުޒާރާއަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނީގޮތުން އެ ރަށެއްގެ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، މާލެ އާއި އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރަމުން ނުދާކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތް މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ކައުންސިލްތަކުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަށްރަށުގެ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމަކީސަރުކާރުގެ މިނިސްޓްރީއެއްގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އެއީ އެ ރަށެއްގައި އިންތިޚާބުކޮށްފައި އޮންނަ ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ކައުންސިލްތަކަށް ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ބަޖެޓެއް ދޭއިރު، އޭގެ ފައިދާ ރައްޔިތުންނަށް ނުފެންނަ ކަމަށް ވިދާޅުވެ، ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއްތޯ އާއި އަމަލީ ގޮތުން ކުރަނީ ކޮން މަސައްކަތެއްތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.
"ރަށްރަށުގައި ހުންނަ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން." މިނިސްޓަރު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށެވެ. އެގޮތުން މަގު ފުޅާކުރުމަށްޓަކައި މާރުކޭޓެއް ނަގަން އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް އެކަން ކޮށްފައި ނުވާތީ، އެ ސަރަހައްދުގެ މަގު ނިންމަން ޖެހުނީ ޕޭވްމަންޓާ ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުން ބޮޑު ބަޖެޓެއް ދޭއިރު، މަގުތަކުގައި ހުންނަ ކުދި ވަޅުގަނޑުތައް (ޕޮޓްހޯލްތައް) ބައްދާލެވޭނެ ފަދަ ނިޒާމެއް ކައުންސިލްގައި ނެތްނަމަ، އެ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު މިދިޔަ ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ އާއި މާލޭގެ މެޖޯރިޓީ ހޯދީ އިދިކޮޅު އެމްޑީޕީންނެވެ.

ކިޔުންތެރިންގެ ހިޔާލު