އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު
މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުން މުރާޖަޢާކުރުމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގައި، ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ޑިގުރީ ޙާޞިލުކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ބާ ކައުންސިލުން ވަނީ ނިއްމާފައެވެ. އެކަމަށް އިޝާރަތްކުރަށްވަމުން އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓެރީ ޖެނެރަލްގެ މުސްތަޝާރުގެ މަޤާމު ކުރިން ފުރުއްވި ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމު ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ކަމަށެވެ.

އަދި މަދީނާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިގުރީ ޙާޞިލުކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނުދިނުމަށް ބާ ކައުންސިލުން ނިންމި ނިންމުން މުރާޖަޢާކުރުމަށް ޑރ.ޝަހީމުވަނީ ގޮވާލައްވާފައެވެ. މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމީ ޝަރީޢާ ކިޔަވާއިރު، އިސްލާމީ ޤާނޫނީ ނިޒާމާ ގުޅުންހުރި މުހިއްމު މާއްދާތައް ކިޔަވައިދޭ ކަން ފާހަގަކުރައްވަމުން މީގެ ކުރިން އެ ޑިގުރީ ފުރިހަމަކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޭކަންވެސް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ގެ މަގާމު އަދާކުރެއްވި ޑރ. ޝަހީމު  ވިދާޅުވިއެވެ.

"އިސްލާމީ ގައުމެއްގައި ޝަރީއާއިން ޑިގްރީ ހަދާފައިވާ ފަރާތްތަކަށް ވަކާލާތު ކުރުމުގެ ލައިސަންސް ނުލިބޭގޮތަށް ނިއްމޭ ކޮންމެ ނިއްމުމަކީ ބާތިލް ނިއްމުމެއް، ބަލައިގަނެވޭނެ ކަމެއް ވެސް ނޫން." ޑރ.ޝަހީމް ވިދާޅުވިއެވެ.

މި ޤާނޫނުގެ ކުރިން ދިވެހިރާއްޖޭގައި އަމަލުކުރަމުން އައި އުސޫލުގެ ދަށުން އިސްލާމީ ޝަރީޢަތުގެ ދާއިރާއިން ކިޔަވާވިދާޅުވާ ބޭފުޅުންނަށްވެސް ވަކާލާތުކުރުމުގެ ހުއްދަ ދެއެވެ. ނަމަވެސް އެ އުޞޫލު ބަދަލުކޮށް އިސްލާމީ ޝަރީޢާ އެކަނި ކިޔަވާ ފަރާތްތަކަށް ވަކާލާތުނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ޤާނޫނީ ފަންނުގެ ޤާނޫނު ފަރުމާކުރިއިރު ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން