ޑީއާރުޕީގެ ބާނީ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް
ޑީއާރުޕީގެ ބާނީ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް
ޑީއާރުޕީގެ ކުރީގެ ލީޑާޝިޕުން ޕާޓީގެ ދަރަނިތައް ނުދައްކައި، ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައިވާ ކަމަށް ތުހުމަތުކޮށް އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމުގެ މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.

ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ކުރީގެ ލީޑަޝިޕް ޕާޓީ ދޫކޮށް ގޮސްފައި ވަނީ އޭރުގެ ދަރަނިތައް ނުދައްކައި ޕާޓީގެ މެންބަރުންގެ ބޮލުގައި އެ ދަރަނިތައް އަޅުވާފައި ކަމަށާއި، އަދި މިހާރުވެސް އޭރުގެ ދަރަނިތަކުގެ ބިލުތައް ލިބެމުންދާ ކަމަށެވެ. އެއާއެކު، ރައީސް މައުމޫންގެ މައްޗަށް ދައުވާކުރަން ޑީއާރުޕީގެ ކައުންސިލުން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

"އަދި މި މައްސަލައަށް ގޮތެއް ނިމެންދެން މިހުރިހާ ދަރަނި ދެއްކުން މަޑުޖައްސާލަންވެސް ކައުންސިލުގެ އިއްތިފާގުން ވަނީ ނިންމާފައި." ޑީއާރުޕީން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

ރައީސް މައުމޫން އެމްއާރުއެމްގެ ނަމުގައި އުފެއްދި ޕާޓީ މި ސަރުކާރުގެ ކޯލިޝަނުގައި ބައިވެރިކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް ޑީއާރުޕީން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރްޕީއަކީ މިވަގުތު ސިޔާސީ މައިދާނުން ފެންނަން ތިބި ވަރަށް ގިނަ ބޭފުޅުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ. ރައީސް މައުމޫނަށް ފަހު ޑީއާރުޕީ ކުރީގެ ހޯމް މިނިސްޓަރު ތަސްމީން އަލީ ހިންގެވިއެވެ. އަދި އޭގެ ފަހުން ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެ ޕާޓީ ހިންގަވާފައިވާއިރު މިހާރު ޑީއާރުޕީގެ ލީޑަރަކަށް ހުންނެވީ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން