ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ވާހަކަ ދައްކަަން މިހާރު "ކުޑަަކޮށް ލަދުގަންނަ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ނުހައްގުން މުއްސަނދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ 19 ވަނަ މަޖިލީހުގައި މީގެ ކުރިން ވެސް ދެ ފަހަރަކު ދައްކަވާފައިވާނެ ކަމަށެވެ. އީވާ ވިދާޅުވީ ބޮޑު ވައްކަމެއް ކޮށްފި ނަމަ އެ މައްސަލަ ބަލަން އޭސީސީއަކަށް ނޭނގޭ ކަމަށާއި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލުކޮށް، މިލިއަނުން ކޮށްލާ ވައްކަންތައް ބަލަން އެ ކޮމިޝަނަށް ނޭނގޭ ކަމަށެވެ.

"ގާނޫނޭ ބުނާނެ. އެކަމަކު ހުރިހާ ވަސީލަތެއް އޮންނާނެ އެންޓިކޮރަޕްޝަން އަތުގައި ވެސް." އީވާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ހިންގި ޚިޔާނާތުގެ އަގު ގާތްގަޑަކަށް 3 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައިގައި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައެވެ. ޚިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވަނީ ޚިޔާނަތް ހިންގެވި ކަމަށް އިއުތިރާފުވެ ޚިޔާނާތު ފައިސާ ލިބުނު މީހުން ހާމަކުރައްވާނެ ކަމަށް ޝަރީއަތުގައި ވިިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން މަނީލޯންޑަރިން ހިންގެވި ކަން ސާބިތުވެ މީގެކުރިން ރައީސް ޔާމިންގެ މައްޗަށް 5 އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައިވާއިރު އެމައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް މިހާރު ވަނީ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޗޮކުން

15-Oct-2020

ލަދު ގަންނާނެތާ މިހާރު ތި ކިއާ ފައިސާއެއް އެއްމެ ގިނައިން ނަގާފަ ތި އޮތީ އެމްޑީޕީ މީހުން ވިއްޔަ.



ޓްރެންޑިން