އިސްލާމްދީނުގެ ފަސްރުކުނުގެ ތެރޭގައި ހިމެނޭ މުދަލު ޒަކާތަކީ ހަމައެކަނި ދީނީ ވާޖިބެއް ނޫން ކަމަށާއި، އެއީ މުޖުތަމަޢުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި މާތް الله ފަރުޟު ކުރަށްވާފައިވާ މަތިވެރި އިލާހީ ނިޒާމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މުދަލު ޒަކާތުގެ މުހިންމުކަމާ ގުޅޭގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ، ނަމާދާ ވިދިގެން ޒަކާތުގެ ވާހަކަ ކީރިތި ޤުރްއާނުގެ އަށާވީހަކަށް އާޔަތުގައި އައިސްފައިވަނީ ވަރަށް ފުން މާނައެއްގައި ކަމަށެވެ. ނަމާދަކީ އަޅާއާއި ޚާލިޤުވަންތަ الله އާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ اللهގެ މަޚްލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ޒަކާތުގެ މާނައަށް ބަލާއިރު، އޭގެ މާނައަކީ ޠާހިރުވުމާއި އިތުރުވުން ކަމަށެވެ. އަދި ޒަކާތް ނެރުމަކީ އިންސާނާގެ ނަފުސު ދަހިވެތިކަމުން ޠާހިރުކޮށްދޭ ކަމެއް ކަމަށާއި، ހަމައެއާއެކު، ހިސާބުކިތާބުން އަންދާޒާވެސް ނުކުރެވޭ ފަދަ ބަރަކާތެއް މުދަލުގައި ލައްވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކީރިތި ޤުރްއާނުގައި މާތް الله ވަޙީކުރަށްވާފައިވަނީ ޒަކާތަކީ ނިކަމެތިންނަށް ދެވޭ ހަދިޔާއެއް ނޫން ކަމަށާއި، އެއީ އެބައިމީހުންގެ "ކަނޑައެޅިގެންވާ ޙައްޤެއް" ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މި ޒަމާނުގެ ސަރުކާރުތަކުން ފަޤީރުކަން ނައްތާލުމަށް ބިލިއަނުން ފައިސާ ހޭދަކުރާއިރު، މީގެ 1400 އަހަރު ކުރިން އިސްލާމްދީން ވަނީ މިކަމަށް ފުރިހަމަ ޝާމިލު ނިޒާމެއް ތަޢާރަފުކޮށްފައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ހަމައެއާއެކު މުދަލުގެ އެންމެ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުމުން، މުޅި މުޖުތަމަޢުގެ ފަޤީރުކަން ނައްތާލުމަށް ފުދޭކަން ތާރީޚުންނާއި މިއަދުގެ ތަފާސްހިސާބުތަކުން އެނގޭ ކަމަށްވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
އިސްލާމީ ތާރީޚަށް ބަލާއިރު، ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ޒަކާތުގެ ނިޒާމު ފުރިހަމައަށް ހިންގުމުގެ ނަތީޖާއަކަށްވީ، ޒަކާތް ބަލައިގަންނާނެ ފަޤީރަކު ނެތިދިއުން ކަމަށާއި، މިއީ ހަމައެކަނި މާޒީގެ ވާހަކައެއް ނޫން ކަމަށް ޚުތުބާގައި ދަލީލާއެކު ގެނެސްދީފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑޮނޭޝިއާގައި އެކަނިވެސް 1.35 މިލިއަން މީހުން ވަނީ ޒަކާތުގެ ސަބަބުން ފަޤީރުކަމުން ސަލާމަތްވެފައި ކަމަށާއި، މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒަކާތުގެ އެހީގައި ކިޔަވައިގެންނާއި ވިޔަފާރި ފަށައިގެން، ކުރިން ޒަކާތް ލިބުނު މީހުން މިއަދު ވަނީ ޒަކާތް ދޭ މީހުންނަށް ބަދަލުވެފައި ކަމަށް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
ޒަކާތް ނުދީ ހިފެހެއްޓުމަކީ އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުރި ކަމެއްގެ އިތުރުން، ދުނިޔޭގައި މުދަލުގެ ބަރަކާތް ކެނޑޭ ކަމެއްކަމަށް ދީނީ އިރުޝާދުތަކުގައި ވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހަމައެއާއެކު މުދާ އެއްކޮށް ކަންޒު ކުރުމުގެ ބަދަލުގައި، މުޖުތަމަޢުގައި މުދާ ދައުރުވާނޭހެން ޒަކާތުގެ ނިޒާމު ވަރުގަދަ ކުރުމަކީ މިއަދު ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އެހެންކަމަުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް އޭގެ މަންފާ ފޯރުކޮށްދިނުމަކީ ޤައުމެއްގެ އިޤުތިޞާދު ދުޅަހެޔޮވެ، އިޖުތިމާޢީ ޢަދާލަތު ޤާއިމުވުމަށް އޮތް އެންމެ ކުރު މަގުކަން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު