ކޯވިޑް-19އާ ދެކޮޅަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިންޒާރު އެ ޤައުމުގެ ސަރުކާރުން ދީފިއެވެ.
އިނގިރޭސިވިލާތުގެ ހައުސިން ސެކެޓްރީ ރޮބާޓް ޖެންރިކް ވިދާޅުވީ އެ ޤައުމުގައި ކޯވިޑް-19 ގެ ދެވަނަ ރާޅު ފެތުރެމުންދާ މިންވަރު އިތުރުވަމުންދާނަމަ މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަންޖެހޭނެކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށާއި އިތުރު ފިޔަވަޅުތައްވެސް އަޅަންޖެހުން އެކަށީގެންވާކަމަށް ސަރަހައްދީ ސަރުކާރުތަކަށް އަންގާފައިވާނޭކަމަށް ރޮބާޓް ޖެންރިކް ވިދާޅުވިއެވެ. ޖެންރިކް ވިދާޅުވީ ސަރަޙައްދީ ސަރުކާރުތަކާއި މަރުކަޒީ ސަރުކާރުން އެކުގައި މަސައްކަތްކޮށް އެންމެ އެދެވޭ އަދި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ބޭނުންވާކަމަށެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 6 ލައްކަ މީހުންނަށް ކޯވިޑް-19 ޖެހި ސާޅީސް ދެހާހަށްވުރެ ގިނަ މީހުން ވަނީ އެބަލީގައި މަރުވެފައެވެ. ހަލުވިކަމާއެކު ބަލި ފެތުރެމުންގޮސް މަޑުޖެހުމަށްފަހު އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 13 ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 50 މީހުން ވަނީ މަރުވެފައެވެ.
އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ މަރުޙަލާތަކަކަށް ބަހާލައިގެން އެ ޤައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ އައު އުސޫލެއް އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު