މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އެމް.ޑީ.ޕީގެ ގައުމީ މަޖިލީހުގެ "މާލެ ސިޓީ ދާއިރާގެ ރައީސް" ކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ. އާޒިމް މިކަން އިއުލާނު ކުރެއްވީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާޒިމްގެ ޕޯސްޓުގައި ވިދާޅުވީ، މީގެ އަހަރެއް ކުރިން ބޭއްވުނު ބައި-އިލެކްޝަންގައި މާލޭ ދާއިރާގެ ރައީސްކަމަށް އޭނާ އިންތިހާބުކޮށްދެއްވީ މުހިއްމު ވައުދުތަކަކާއެކު ކަމަށާއި، އެ ވައުދުތަކާ އެއްގޮތަށް މާލޭގައި ޕާޓީގެ ހަރަކާތްތައް އިތުރުކޮށް، އެކަން އަމަލުން ސާބިތުކޮށްދެވިފައިވާ ކަމަށެވެ.
އަދި ފާއިތުވި ދެ އަހަރު ދުވަހު އެންމެން ގުޅިގެން ކުރި މަސައްކަތުން، މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ސުޕަރ މެޖޯރިޓީ އަލުން އެމް.ޑީ.ޕީ އަށް ހޯދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، މާލޭ ދާއިރާ އިތުރަށް ވަރުގަދަކުރުމުގެ މުހިއްމުކަން އާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ޕާޓީގެ މެމްބަރުންނާއެކު ސާބިތުވެ ހުރުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތުން 5 އަހަރުގެ ފުރިހަމަ ދައުރަކަށް "މާލެ ސިޓީ ދާއިރާގެ ރައީސް" ކަމަށް ކުރިމަތިލައްވަން ނިންމެވީ އުފަލާއެކު ކަމަށެވެ.
އާޒިމް ވަނީ މީގެ ކުރިންވެސް އޭނާއަށް އިތުބާރުކޮށް ވޯޓު ދެއްވި ފަދައިން، ކުރިއަށް އޮތް އިންތިހާބުގައިވެސް ވޯޓު ދެއްވައި، އެ މަގާމަށް އިންތިހާބުކޮށްދެއްވުމަށް ޕާޓީގެ ހިތްވަރުގަދަ މެމްބަރުންގެ ކިބައިން އިޚުލާޞްތެރިކަމާއެކު އެދިވަޑައިގެންފައެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެން ގުޅިގެން މާލޭ ދާއިރާ އާއި މުޅި ރާއްޖޭގައި އެމް.ޑީ.ޕީ ބަދަހިކުރުމަށް އިތުރު ހިތްވަރާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
— Adam Azim, Mayor of Male’ City (@adamazim) April 18, 2026
ސަލާމް ، ލޯބިވާ އެމް.ޑީ.ޕީގެ މެމްބަރުން،
މީގެ އަހަރެއް ކުރިން ބޭއްވުނު ބައި-އިލެކްޝަންގައި، މާލޭ ދާއިރާގެ ރައީސްކަމަށް އަޅުގަނޑު އިންތިހާބުކޮށްދެއްވީ ވަރަށް މުހިއްމު ވައުދުތަކަކާއެކުގައި. އެދުވަހު އަޅުގަނޑު ބުނި ފަދައިން، މާލޭގައި ޕާޓީގެ… pic.twitter.com/s0ZV0bdnRs
އަދި ފާއިތުވި ދެ އަހަރު ދުވަހު އެންމެން ގުޅިގެން ކުރި މަސައްކަތުން، މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ސުޕަރ މެޖޯރިޓީ އަލުން އެމް.ޑީ.ޕީ އަށް ހޯދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، މާލޭ ދާއިރާ އިތުރަށް ވަރުގަދަކުރުމުގެ މުހިއްމުކަން އާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ޕާޓީގެ މެމްބަރުންނާއެކު ސާބިތުވެ ހުރުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތުން 5 އަހަރުގެ ފުރިހަމަ ދައުރަކަށް "މާލެ ސިޓީ ދާއިރާގެ ރައީސް" ކަމަށް ކުރިމަތިލައްވަން ނިންމެވީ އުފަލާއެކު ކަމަށެވެ.
އާޒިމް ވަނީ މީގެ ކުރިންވެސް އޭނާއަށް އިތުބާރުކޮށް ވޯޓު ދެއްވި ފަދައިން، ކުރިއަށް އޮތް އިންތިހާބުގައިވެސް ވޯޓު ދެއްވައި، އެ މަގާމަށް އިންތިހާބުކޮށްދެއްވުމަށް ޕާޓީގެ ހިތްވަރުގަދަ މެމްބަރުންގެ ކިބައިން އިޚުލާޞްތެރިކަމާއެކު އެދިވަޑައިގެންފައެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެން ގުޅިގެން މާލޭ ދާއިރާ އާއި މުޅި ރާއްޖޭގައި އެމް.ޑީ.ޕީ ބަދަހިކުރުމަށް އިތުރު ހިތްވަރާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު