ޖޭއެސްސީން ޕީޖީއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ: ޖޭއެސްސީ)
ޖޭއެސްސީން ޕީޖީއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ: ޖޭއެސްސީ)
ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤު ކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ވަނީ އެކޮމިޝަނުން މިމަހު ބޭއްވުނު ދެ ބައްދަލުވުމެއްގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބާއި، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލަތައް ބެލުމަށް ކޮމިޓީއިން ނިންމާފައިވާތީ، ކޮމިޝަނުން މި މައްސަލަތައް ތަޙްޤީޤު ކުރުމަށް، ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާކަމަށެވެ.



މީދޫ މެޖިސްޓްރޭޓް ތައްޔިބު އާއި ގުޅޭގޮތުން ޖޭއެސްސީން ތަޙުޤީޤު ކުރަމުންދަނީ ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު، މި މައްސަލައިގައި ގޮތެއް ނިންމެވުމުގައި ޤާނޫނާ ޚިލާފަށް އަމަލުކުރައްވާފައިވާކަމަށް ބެލެވޭ މައްސަލަ އެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމް އާއި ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދަނީ ޙުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރިކަމަށް ބުނާ މައްސަލައަކާއި، ކޯޓުގެ ދެ ޤަޟިއްޔާއެއް ބެލުމުން ތަނާޒުލްވެފައިވަނީ ހަޤީޤަތާ ޚިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހުކަމަށް ބެލެވޭ މައްސަލައެއްކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން