ރައީސް ނަޝީދު
ރައީސް ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގުޅިވަޑައިގެން "ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ހަވީރު 16:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ

މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ މުހިންމު ކަންތައްތަކެއް އިއުލާން ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ބެލެވެ އެވެ.

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވުމަށް ގޮވައިލައްވާފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުގައި ވެސް ވަނީ އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ނަޝީދާއި ފައްޔާޒް ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ކުރައްވާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.



ކިޔުންތެރިންގެ ހިޔާލު