ޝައިޚު ޝަފީޢު
ޝައިޚު ޝަފީޢު
މި ސަރުކާރުން ހަދާ އެންމެ ބޮޑު ގޯހަކީ އިސްލާމީ ޝަރީޢަތާ ޚިލާފަށް ޤާނޫނުތައް ބިނާކުރުން ކަމަށް އައްޝައިޚު ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝައިޚު ޝަފީޢު މިފަދައިން ވިދާޅުވެފައިވަނީ ޤާނޫނީ ފަންނުގެ ޤާނޫނުގައި ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ޑިގުރީ ޙާޞިލުކޮށްފައިވާ މީހުންނަށް އެކަނި ކަމުގައި ކަނޑައަޅާފައިވުމާ ގުޅިގެންނެވެ.

ޝަރުޢީ ދާއިރާއިން އިސްލާމީ ޝަރީޢާގެ ޢިލްމު ބޭރުކޮށް އެކަހެރިކޮށްލައި ޝަރުޢީ ޢިލްމުގެ މީހުން ހަވާސާ ކުރެވޭގޮތަށް މިއަދު ޤާނޫނުތައް ބިނާ ކުރުމަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ގޯސްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤަވާއިދު ބިނާވެފައިވާ އަސްލަކީ އިސްލާމީ ޝަރީޢަތް ކަމުގައިވާއިރު، ހަމައެކަނި ޤާނޫނު ކިޔަވައިގެން އަންނަ މީހުންނަށް ވަކީލުކަމުގެ ހުއްދަދީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން އަންނަ ބަޔަކަށް އެ ހުއްދަ ނުދެވޭގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ޝަފީޢު ވިދާޅުވިއެވެ.



ޝަފީޢު ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ނިޒާމު ކޮނޑުފުޅުގައި އުފުއްލަވައި މިއަދުގެ ޖީލާއި ހިސާބަށް ގެނެސްދެއްވީ ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންކަމަށެވެ. އޭގެތެރޭގައި ފަޟީލަތުއްޝައިޚުލް މަރުޙޫމް ޙުސެއިން ޞަލާޙުއްދީނާއި އަލްއުސްތާޛު މަރުޙޫމް މުޙައްމަދު ޖަމީލު ދީދީއާއި މަރްޙޫމް ޢަބްދުﷲ ފަހުމީ ދީދީއާއި މަރްޙޫމް މޫސާ ފަތުޙީ ފަދަ ޢާލިމުން ހިމެނިވަޑައިގަންނަވާކަން ޝަފީޢު ފާހަގަކުރެއްވިއެވެ.

ނަމަވެސް ޝަރުޢީ ދާއިރާއިން އިސްލާމީ ޝަރީޢާގެ ޢިލްމު ބޭރުކޮށް އެކަހެރިކޮށްލައި ޝަރުޢީ ޢިލްމުގެ މީހުން ހަވާސާ ކުރެވޭގޮތަށް މިއަދު ޤާނޫނުތައް ބިނާ ކުރުމަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ގޯސްކަން ޝަފީޢު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން ވީހާވެސް އަވަހަކަށް އިސްލާހުކުރަންޖެހޭނެކަމަށް ވެސް ޝަފީޢު ވަނީ ވިދާޅުވެފައެވެ.

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ދަސްވެނި ވެފައިވާ ދެ ދަރިވަރެއް ވަކާލާތު ކުރުމުގެ ހުއްދައަށް އެދި ހުށައެޅުމުން ބާ ކައުންސިލުން އެ ހުށައެޅުންތައް ރިޖެކްޓް ކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙަފްސާއަލީ

15-Oct-2020

ޝަފީއޫ. ޤާނޫނު ހަދަނީ ސަރުކާރަކުން ނޫނޭ.



ޓްރެންޑިން