ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ރާއްޖެ އަޅުވެތި ކުރާ ވާހަކަ ދައްކާއިރު އެކި ފޯރަމް ތަކުގައި "ބޯތަޅާލަން" ތިބޭ ވަޒީރުންވެސް އެބަތިބި ކަމަށާއި އެފަދަ ވަޒީރުން މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދައުލަތުގެ ވަޒީރުންގެ ގޮތުގައި ތިބެ ދިވެހިރާއްޖެ ހިފާ ވާހަކަ ދައްކައި ދިވެހިން މަރާފައިވެސް ދިވެހި ޤައުމު ހިފިދާނެ ކަމަށް އެބަ ވިދާޅުވާކަމަށެވެ. ރާއްޖެ އަޅުވެތި ކުރާ ވާހަކަ ދައްކާއިރު އެކި ފޯރަމް ތަކުގައި ބޯތަޅާލަން ތިބޭ ވަޒީރުންވެސް އެބަތިބި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށާއި، ހަށިގަނޑުގައި ދިވެހި ލޭ ހިނގާހާ ހިނދަކު ރާއްޖެ އޮންނާނީ މިނިވަންކަން މަތީގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ބާރުވެރިކަން ލިބެނީ އެހެން ފަރާތަކުން. އަޅުގަނޑުމެން ބާރުވެރިކަން ހޯދަނީ ހެއްދެވި ފަރާތުން. އިންޑިއާ އަކުން ނޫން އަޅުގަނޑުމެން ބާރުވެރިކަން ހޯދަނީ." ޝިޔާމް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަކީ ނިކަމެތި ބައެއްކަމަށް، ދިވެހި ރައްޔިތުންނަކީ ނުކުޅެދޭ ބައެއް ކަމަށް މިއަދުގެ ވަޒީރުން ދެކެވަޑައިގެންނެވުމަކީ އެ ވަޒީރުންގެ ނުކުޅެދުންތެރިކަން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މީގެއިތުރުން ޝިޔާމް ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަށް މިސަރުކާރުން ގެންގުޅޭ ފޯމިއުލާ ދިވެހި ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި، މި ސަރުކާރުގެ އެއްވެސް އިޚުލާސްތެރި ކަމެއް ނެތް ކަމަށެވެ.

"ރައީސް ޔާމިން އަށް ސްޕްރީމް ކޯޓުން ކުރީ ދުވަހު ކުރި ޙުކުމާ ގުޅިގެން އަޅުގަނޑުމެންނަށް މިފެންނަނީ ޖޭއެސްސީ ކޯޓުތަކުން ނުފިލައިގެން އުޅޭ މަންޒަރު، ޖޭއެސްސީގައި ތިބި ނުފޫޒުގަދަ މެމްބަރުންތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ނުފިލައިގެން އުޅޭ މަންޒަރު މިފެންނަނީ. ކިހިނެއްތޯ ފަނޑިޔާރުގެ އިސްލާހުކުރާނީ، އިޚުލާސްތެރި ނިޔަތާއެކު އެމަސައްކަތް ކުރަންޖެހޭނީ ރައްޔިތުންނަށްޓަކައި." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ފޮރިން މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އަދި ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. ދިވެހިން މަރާފައިވެސް އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް ބުނުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން