އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
އުފަންވިއިރު ހަށިގަނޑުން ގުޅިފައިވާ ދިވެހި ދެކުއްޖަކު ނިޔާވެއްޖެއެވެ.

ހަށިގަނޑު ގުޅިފައިވާ ދެކުދިން އުފަންވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. މިއީ އުތުރުގެ ރަށެއްގެ ދެމަފިރިންނަށް ލިބުނު ދެ އަންހެން ކުދިން ކަމަށް ވެސް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ވަނީ ރިޕޯޓްކޮށްފައެވެ.

އުފަންވިތާ އެއްދުވަސްތެރޭގައި ދެކުދިންވެސް ވަނީ ނިޔާވެފައެވެ. އެކުދިން އުފަންވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިދެކުދިން އުފަންވިއިރު ހިތާއި ފަލަމަސްގަނޑުން ވަނީ ގުޅިފައި ކަމަށް "ޕީއެސްއެމް" ގައި ބުނެފައިވެއެވެ. ހަށިގަނޑުން ގުޅިފައިވާ ދެކުދިން ރާއްޖޭގައި އުފަންވި ކަމެއް މީގެ ކުރިން އެގިފައެއް ނުވެއެވެ.

ހަށިގަނޑުން ގުޅިފައިވާ ކުދިން އުފަންވުން އެއީ ވަރަށް ނާދިރު ކަމެކެވެ. ބައެއް ދިރާސާތަކުގައި ބުނެފައިވަނީ މިފަދަ ކުދިން އުފަންވަނީ ކޮންމެ 189،000 ވިހެއުމަކުން އެއްފަހަރު ކަމަށެވެ. ހަށިގަނޑުން ގުޅިފައިވާ ކުދިން އުފަންވާ ސަބަބާއި ގުޅޭ ގޮތުން އަދި ސައިންސްވެރިންނަކަށް އެއްބަސްވުމަކަށް ނާދެވެއެވެ.

އެއީ ބިސް އުފެދި ކުއްޖަކަށް ބަދަލުވުމުގެ މަރުހަލާގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ހާލަތެއް ކަމަށް ބައެއް ތިއަރީތައް ބުނެ އެވެ. އުފަންވާއިރު ހަށިގަނޑުން ގުޅިފައިވާ ކުދިން ވަކިކުރުމުގެ ކާމިޔާބު އޮޕަރޭޝަންތައް ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ކުރާކަން ފާހަގަކޮށްލެވެއެވެ. އެތެރެހަށީގެ ގުނަވަންތަކުން ގުޅިފައިވާ ކުދިން ވަކިކުރުމުގެ އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އޮޕަރޭޝްނެކެވެ. އަދި ބައެއް ހާލަތްތަކުގައި އެއްކުއްޖެއްގެ ފުރާނަ ގެއްލިގެންދިޔުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ދިރާސާތަކުން ދައްކާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން