ސައިރިކްސް ކޮލެޖްގެ ޗެއަރމަން، އަހުމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން، އަހުމަދު ޝަރީފް
ދިވެހިރާއްޖޭގައި އޮންނަންޖެހޭ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަކީ މަޖިލީހަށް ވައްދާ ބިލަކުން ކުރެވޭނެ ކަމެއް ނޫންކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބަރުލަމާނީ ނިޒާމްގެ ބިލާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ "ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ މަޖިލީހަށް ވައްދާ ބިލަކުން ނިންމާލެވޭނޭ ކަމެއް ނޫން" ކަމަށެވެ. އަދި ބޮޑުބަލިމަޑުކަމެއް ފެތުރި، އިޤްތިޞާދީ ހީނަރުކަމަކަށް ވެއްޓި، ރައްޔިތުން ބިކަވެފައިވާ ވަގުތެއްގައި ރައްޔިތުންނާއި ގުޅުންހުރި ކަމެއްގައި އެފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ 2008 ވަނަ އަހަރުގެ ފަހުން ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތަކަކީ ދެމެހެއްޓެނިވި ޤާނޫނީ ބިންގަލެއް އަޅަން ގެނެވުނު އިސްލާހުތަކެއް ނޫންކަމަށެވެ. އަދި އެކަންކަން ކޮށްފައިވަނީ އެވަގުތެއްގައި ވެރިކަމުގައި ތިބި ބައެއްގެ ވަގުތީ ފައިދާއަށްކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބެންޖެހޭ މަންފާ ލިބިފައިނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް މާއްދާއެއް އިތުރުކޮށްލައިގެން ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނައުމުގެ ކުރިން، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ވެރިކަމުގެ ނިޒާމުގެ ތެރެއިން އިސްލާހު ކުރަންޖެހޭ ހުރިހާ ކަމެއް ބަލައި، އެކަށީގެންވާ ދިރާސާއެއް ކުރަންވާނެކަމަށެވެ.



ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތަށް އިޝާރާތްކުރައްވަމުން ޝަރީފް ވިދާޅުވީ، ޕާޓީތަކުގެ މަސްލަހަތު އިސްކޮށްގެން މަޖިލިސް ހިންގާއިރު، މަޖިލީހުގައި ޕާޓީތަކުގެ އެއްވެސް ދައުރެއް ބޭއްވޭނެކަމަށް ޤާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި ނެތްކަމަށެވެ. އަދި ރާއްޖޭގައި ބާއްވާ އެއްވެސް އިންތިޚާބެއްގައިވެސް ޕާޓީތަކުގެ ދައުރެއް އޮންނަންޖެހޭކަމަށް ޤާނޫނުއަސާސީގައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއާ ޚިލާފަށް ދައުލަތުގެ 3 ބާރުންވެސް އަމަލުކޮށްފައިވާކަމަށެވެ. އަދި ވޭތުވެދިޔަ 12 އަހަރު ތެރޭގައިވެސް ކުރިހާވެސް ކަމަކީ ވެރިކަމަށް އެރުމާއި، ވެރިކަން ވައްޓާލުމާއި، ބާރުތައް ދިފާއުކުރުންކަމުގައި ޝަރީފް ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ އޭގެސަބަބުން ރައްޔިތުން ބިކަ ހާލުގައި ޖެހުން ފިޔަވައި އެހެން ކަމެއް ހާސިލު ވެފައި ނުވާ ކަމައެވެ.



މަޖިލީހަށް ބިލެއް ހުށަހަޅައިގެން ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަސައްކަތަށް ޝަރީފް ފާޑު ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާވެސް ކޮށްފައެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވާހަކައަކީ އެމަނިކުފާނު ވަރަށް ގިނައިން ދައްކަވާ ވާހަކައެއް ކަމަށެވެ. އެހެން ނަމަވެސް މިއީ، ވެރިކަމުގެ ނިޒާމުގެ ބަހުސް މަޖިލީހުގައި ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ވެރިކަން އިތުރު 10 އަހަރަށް ދެމެހެއްޓޭނީ ނުވަތަ އިތުރު 10 އަހަރު އެމްޑީޕީގެ ޚިދުމަތް ރައްޔިތުންނަށް ދެވޭނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމަކަށް ބަދަލު ކޮށްގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ފަތަނގޭ

15-Oct-2020

މީދެން ކާކުތަ ސިޔާސީ ވާހަކަ ދައްކަން. ސިޔާސީ އެއްވެސް އުރައްޕެއް, ތަޢުލީމެއް ތަޖުރިބާއެއް ހުރި މީހެއް ނޫން. ފައިސާހުރީމަ ދެން ހަމަ އެއްޗެކޭ ކިޔިދާނެ. އޮގަރު ވަހީދު ކަހަލަ މީހުންގެ ތައްޕާހުން ބޮޑުވި ސޮރެއްތީ



ޓްރެންޑިން